English Edition
Dhivehi Edition

ހުޅުމީދޫގައި ރޭބޭއްވި ދަރުސް ފެށިގެން ކުޑަވަގުތުކޮޅަކަށް ކުރިއަށްގެންގޮސްފައި ހުއްޓާލައިފިއެވެ.

ޖަމިއްޔަތުލް ސަލަފާއި، ހިލާލް ޖަމްމިއްޔާ އަދި ހުޅުމީދޫގެ ޒުވާނުން ގުޅިގެން 18މޭއި ވީހުކުރުުވަހުގެ ރޭ ޕޮލިސް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވީނަމަވެސް ދަރުސް ފެށިގެން ކުޑަ އިރުކޮޅަކުން ހުއްޓާލަން ޖެހުނީ ވިއްސާރަ ވުމުގެ ސަބަބުން ކަމަށް ޙިލާލް ޖަމްމިއްޔާއިން މައުލޫމާތު ދެއެވެ.

ޝެއިޙް އަޙްމަދު ސަމީރުގެ މިދަރުސް މޫސުން ތަންނުދިނުމުގެ ސަބަބުން ބޭއްވެން ނެތުމުން ދަރުސް އިންތިޒާމް ކުރިފަރާތުން ވަނީ 19މޭއި ވާ ހިނިހިރު ދުވަހުގެ ހަވީރު ސ. އަތޮޅުމަދަރުސާގެ ހޯލްގައި މިދަރުސް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ދަރުސް ބޭއްވުމަށް ސްކޫލްގެ ހޯލް ހޯދުމަށްއެދުމުން އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަނުލިބުމުގެ ސަބަބުން މިހާރު ދަރުސް ކެންސަލް ކުރެވިފައިވާކަމަށް އިންތިޒާމް ކުރި ފަރާތުން ވަނީ “އޭއޯ ނިއުސް” އަށް މައުލޫމާތު ދީފައެވެ.

ސ. އަތޮޅުމަދަރުސާގެ ހޯލް ހޯދުމަށް ޓަކައި ސްކޫލްގެ އިިސްވެރިން މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ކަމާއި ބެހޭފަރާތް ތަކަށް ގުޅުމުން މިކަމަށް އެއްބާރުލުން ލިބިފައި ނުވާކަމުގެ މައުލޫމާތުވެސް “އޭއޯ ނިއުސް” އަށް ވަނީ ލިބިފައެވެ.

މިފަދަ މާތް މައްސަރެއްގައި ދިވެހި މުސްލިމް ރައްޔިތަކަށް ދީނީ ހެޔޮބަހެއް އިއްވައި ދިނުމުގެ މަގްސަދުގައި އިންތިޒާމްކުރެވުނު މިފަދަ ހަރަކާތަކަށް ތަރުބަވީ މުއައްސަސާއެއްގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އިވެންޓް ކެންސަލް ކުރަންޖެހުމަކީ ވަރަށް ހިތާމަހުރި ކަމެއްކަން ދަރުސް އިންތިޒާމް ކުރި ފަރާތުން ވަނީ ބުނެފައެވެ.

ހިލާލް ޖަމްމިއްޔާގެ ސެކްރެޓަރީ އަލީ އަންވަރު ވިދާޅުވީ މިަފަހަރު މިހެން ވީނަމަވެސް އިރާދަކުރެއްވިއްޔާ އަވަސް މުސްތަގްބަލެއްގައި ޝައިޚް އަޙްމަދު ސަމީރު ގެ ދަރުހެއް ހުޅުމީދޫގައި ބާއްވާނެ ކަމަށެވެ.

ހިލާލު ޖަމްޢިއްޔާ ޢަކީ 2016 ހުޅުމީދޫ ގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ