English Edition
Dhivehi Edition

ޙިލާލް ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ޙަޔާތުގެ މަޤްސަދު” ދަރުސް މިރޭ ހުޅުމީދޫގައި އޮންނާނެއެވެ.

މިރޭ21:15 ވާއިރު ހުޅުމީދޫ ޕޮލިސް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައި ވާ ދަރުސްގައި ވާހަކަ ދައްކަވާނީ “ސަލަފް”ގެ ޢިލްމްވެރިންގެ މަޖްލީހުގެ ރައީސް އައްޝެއިޙް އަހްމަދު ސަމީރެވެ. މި ދަރުހަކީ ޙިލާލް އާއި ސަލަފް ގުޅިގެން ބާއްވާ ދަރުހެކެވެ.

ޙީލާލް ޖަމްޢިއްޔާގެ ސެކްރެޓަރީ އަލީ އަންވަރު “އޭައޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭގެ މި ދަރުސްގައި އެހުންތެރިންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮންނާނެ ކަމަށެވެ..

ޙިލާލް ޖަމްޢިއްޔާ އާއި ބެހޭގޮތުން އަލީ އަންވަރު ވިދާޅުވީ މިޖަމްޢިއްޔާ އަކީ 2016 ވަނަ އަހަރު އުފެދިފައިވާ ޖަމްޢިއްޔާ އެއްކަމަށެވެ. އަދި މި ޖަމްޢިއްޔާ އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގައިއާއި ދީނީ ކަންކަމަށް ޝައުގު ވެރިކަން އިތުރު ކުރުމުގެ މަގްސަދުގައި އުފެއްދި ޖަމްޢިއްޔާއެކަމަށާއި އެހެން ނަމަވެސް މިޖަމްޢިއްޔާ ވަކިން ހާއްސަވަނީ ހުޅުމީދޫ އަށްކަމަށެވެ.

2016 ވަނަ އަހަރު އުފެދިފައިވާ މިޖަމްޢިއްޔާގެ ރައީސަކީ ސ.މީދޫ އައްޝެއިހް ހަސަން ނަޖީ، ނައިބްރައީސަކީ ސ.މީދޫ އައްޝެއިޙް އަހްމަދު ނާޒިހް އަދި ސެކްރެޓަރީ އަކީ ސ.މީދޫ އަލީ އަންވަރެވެ.

“ހަޔާތުގެ މަޤްސަދު” މިދަރުހަކީ ޙިލާލް ޖަމްޢިއްޔާ އިން އިންތިޒާމްކޮށްގެން އެޖަމްޢިއްޔާއިން އެންމެ ފުރަތަމަ ބާއްވާ ދަރުހެވެ.