English Edition
Dhivehi Edition

އޭއޯ ނިއުސް އިން މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ރޯދަ ސުވާލު މުބާރާތް:

މިއަދުގެ ސުވާލު: ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ޖިބްރީލުގެފާނު އެންމެ ފުރަތަމަ އަށް އުނގަންނައި ދެއްވެވީ ކޮންކަމެއް؟.

ސުވާލުގެ ޖަވާބު ފޮނުވާނީ އޭއޯ ނިއުސްގެ ފޭސްބުކް ޕޭޖަށް މެސެޖް ކޮށްގެންނެވެ

(https://web.facebook.com/www.aonews.mv/) މި ލިންކަށް ފިތާލުމުން ޕޭޖަށް ދެވޭނެއެވެ.
މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ހެނދުނު ވެބްސައިޓް މެދުވެރިކޮށް ސުވާލު ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ސުވާލެއް ހުށަހެޅޭނެއެވެ. ކޮންމެ ދުވަހެއްގެ ސުވާލުގެ ޖަވާބު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 ގެ ކުރިން ފޮނުވަން ވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް ވުރެ ފަހުން ފޮނުވާ ޖަވާބުތައް ބަލައި ނުގެނެވޭނެއެވެ.
މުބާރާތުގެ ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅު ކުރާ ފަރާތަކަށް އިނާމެއް ދެވޭނެއެވެ. އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅުކޮށްފިނަމަ އެއްވަނަ ހޮވާނީ އެފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އޭއޯ ނިއުސްގެ މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ހަފްލާގައެވެ.
މުބާރާތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން އޭއޯ ނިއުސްގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރެއްވިދާނެއެވެ. އަދި ނޫހުގެ ހޮޓްލައިން 7782034 އަށް ގުޅުމުން ވެސް މައުލޫމާތު ލިބޭނެއެވެ.