English Edition
Dhivehi Edition

ދުނިޔޭގެ މަޝްހޫރޫ ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް އައްޑޫސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައިފިއެވެ

ހިތަދޫ ހިރާ ސްކޫލްގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މުފްތީ މެންކް ވަނީ ދުނިޔޭގައި އިންސާނާ ދިރިއުޅެނީ ވަރަށް ކުޑަ ހިނދުކޮޅަކަން ފާހަގަކުރައްވައި، އާޚިރަތަށްޓަކައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް ނަސޭހަތް ދެއްވާފައެވެ

އިސްލާމިކް މިނިސްޓްރީއާއި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ނޫރުލް އިސްލާމްއާއި، ޖަމްޢިއްޔަތުލް އުލަމާގެ އިތުރުން ރަބީޢުލް ޤުލޫބް ފައުންޑޭޝަނާ ގުޅިގެން ރޭވަނީ ނޫރާނީ ސްކޫލުގައި ވަރަށް ޚާއްސަ ދަރުހެއްވެސް ބާއްވާފައެވެ

މީގެ އިތުރުން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ މަރުކަޒުގައި ބާއްވާ އިޙްޔާ ޖަލްސާގައިވެސް މުފްތީ މެންކު ދަރުސްދެއްވުމަށްވަނީ ހަމަޖެހިފައެވެ