English Edition
Dhivehi Edition

އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖް ރިސޯޓުން މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ތަފާތު ގިނަ އިނާމު ލިބޭ ގޮތަށް ރޯދަ ވީއްލުމުގެ ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.

ތަފާތު 3 މެނޫއެއް ހިމެނޭ މި ޕެކޭޖްތަކުގައި 11 މީހުން ހިމެނޭ ގުރޫޕަކުން ބުކް ކޮށްފިނަމަ އެތަނުން އެކަކަށް ހިލޭ ރޯދަ ވީއްލުން ލިބެއެވެ. މީގެ އިތުރުން ޢުމުރުން 5 އަހަރުން ދަށުގެ 2 ކުއްޖަކަށް ހިލޭ ރޯދަވީއްލުން ދޭ އިރު ޢުމުރުން 5 އަހަރާ 12 އަހަރާ ދެމެދުގެ ކުދިންނަށް ކަނޑައެޅިފައިވާ އަގުގެ ދެބައިކުޅަ އެއްބައި ދައްކައިގެން ރޯދަވީއްލުމުގައި ބައިވެރިވެވެއެވެ.

ހަފްތާގެ އެކި ދުވަސްތަކަށް ބަހާލައިގެން ހަދާފައިވާ ފިކްސްޑް މެނޫ ގެ އަގުތަކުގެ ތެރޭގައި 225ރުފިޔާ، 200 ރުފިޔާ އަދި 183 ރުފިޔާގެ ޕެކޭޖް ހިމެނެއެވެ.

އީކުއޭޓަރ ވިލެޖްގެ ރޯދަވީއްލުން ޕެކޭޖްގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ކޮންމެ ހަފްތާއަކު އެއްފަހަރު ގުރުއަތު ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހޮވޭ ފަރާތަށް ހިލޭ ރޯދަ ވީއްލުމެއް ދޭނެ ކަމަށް އީކުއޭޓަރ އިން ބުނެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު އެއްވަނަ ހޯދާ ފަރާތްތަކުގެ މެދުގައި އިތުރު ގުރުއަތެއް ނެގުމަށް ފަހު ހޮވޭ މީހަކަށް އާއިލާއާއެކު އީދުދުވަސް އީކުއޭޓަރ ގައި ހޭދަކޮށް މަޖާކޮށްލުމުގެ ފުރުސަތު ދެވޭނެއެވެ