English Edition
Dhivehi Edition

ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށްހިފުމުގެ ފުރުޞަތު ހުޅުވާލާ އާންމުކޮށް އިޢުލާން ކޮށްފިއެވެ.

ޓީ.އައިޒެޑް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އިންޑަސްޓްރިއަލް ޒޯނުން ގުދަން ކުރުމާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީކޮށް ބީލަން ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީ ފީއަކަށް ކަނޑައަޅާފައިވަނީ 200 ރުފިޔާއެވެ. ބީލަން ހުށަހަޅަން ގަސްތުކުރާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓަރީކުރަންވާނެ ކަމަށް އެ ކުންފުނިން ބުންނެވެ.

ބީލަން ހުށަހަޅާ ކޮންމެ ޕްލޮޓަކަށް 5،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ 12:00 ކަމަށް އެ ކުންފުނިން ބުނެއެވެ..

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ޖެހެނީ މެއި 15 ވަނަ ދުވަހުން ފެށިގެން މެއި 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން 12:00 އަށެވެ.. އަދި މައުލޫމާތު ކަރުދާސް ދޫކުރުން ހަމަޖެހިފައިވަނީ ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީހުގައި( ފެންބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ ) މެއި 30 ވަނަ ދުވަހުގެ 13:00 އިން ފެށިގެންކަމަށާއި ޕްރީ ބިޑް މީޓިން އޮންނާނީ އެ އޮފީހުގައި ޖޫން 4 ވާ އާދިއްތަ ދުވަހު 13:00 ގައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މި މަސައްކަތާ ގުޅޭ ގޮތުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ހުށަހެޅުމާއި އަދި ބިޑް ހުޅުވުން އޮންނާނީ ޖޫން 12 ވަނަ ދުވަހުގެ 13:00 ގައެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް އެކުންފުނީގެ ވެބްސައިޓް https://gmizl.com.mv/home/downloads/ އިން ލިބިވަޑައިގަންނަވާނެއެވެ.