ރޭ ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި، ތިޖޫރީގައި ހުރި ފައިސާތައް ވަގަށް ނަގައިފިއެވެ
ކައުންސިލް އިދާރާއިން ބުނެފައިވަނީ، ރޯދަ އިނާޔަތުގެ ގޮތުގައި އެތަނުގެ މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައިވާ 122000 ރުފިޔާ ވަގަށް ނަގާފައިވާއިކަމަށާއި ތިޖޫރީގައި ރޯދަ އިނާޔަތަށް ދޭން ކަޑައަޅާފައިވާ ފައިސާގެ އިތުރުން އެހެން ފައިސާތައްވެސް ހުންނާނެކަމަށެވެ. ތިޖޫރީއިން ވަގަށް ނަގާފައިވާ ފައިސާގެ ސީދާ އަދަދު ބުނަން ނޭގޭ ކަމަށާއި މިހާރު މި މައްސަލަވަނީ ފުލުހަށް ރިޕޯޓްކޮށްފައި ކަމުގައި ކައުންސިލް އިދާރާއިންވަނީ ބުނެފައެވެ
އޮފީހުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެން ވަގަށް ވަދެ ތިޖޫރީގައި ހުރި ފައިސާތަކުގެ އިތުރުން މިސްކިތު ފަންޑު ފޮށީގައި ހުރި ފައިސާތައް ވެސް ވަނީ ވަގަށް ނަގާފައެވެ