English Edition
Dhivehi Edition
މުހައްމަދު ހުސައިން ޝަރީފް (މުންދު)

ރައީސް އޮފީހުގެ ޗީފް ގަވަރުމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް، މިނިސްޓަރުންގެ ފެންވަރުގައި މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަންކުރައްވައިފިއެވެ. މުހައްމަދު ހުސައިން ޝަރީފަކީ މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތަކާއި، މިނިސްޓަރުކަމުގެ އިތުރުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މުހައްމަދު ހުސައިން ޝަރީފަކީ މީގެ ކުރިން 2005 އިން 2007 އަށް ޗީފް ގަވަރުމަންޓް ސްޕޯކްސްމަންގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން ސަރުކާރުގެ ތަރުޖަމާނުގެ މަގާމު 2007 އިން 2008 އަށް ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މުހައްމަދު ހުސައިން ޝަރީފް އެންމެ ފަހުން ހުންނެވީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. ރައީސް އޮފީހުން ބުނީ މި އައްޔަންކުރެއްވުމާއެކު ސަރުކާރުގެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.