English Edition
Dhivehi Edition

އައްޑޫސިޓީ މަރަދޫގައި “ވައިސް ސުޕަމާރޓް”ގެ ނަމުގައި އާފިހާރައެއް ހުޅުވައިފި އެވެ.

ޙާއްސަ ރޯދަ ޕްރޮމޯޝަނާ އެކު ރޯދަ އާ ދިމާކޮށް ހުޅުވި މި ސުޕަމާޓަކީ ކޮސްމެޓިކްސް އަދި ބަދިގެ އަށްބޭނުން ވާސާމާނު ގެ އިރުތުން ކާބޯ ތަކެތީގެ ހުރިހާ އެއްޗެއް އެއްތަނަކުން ހެޔޮއަގެއްގައި ލިބެން ހުންނާނެ ސުޕަމާރޓެކެވެ.

ވައިސް ސުޕަމާރޓް ގެ މޭނޭޖަރ ވިސާމް “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ސުޕަމާރޓް ހުޅުވަން ގަސްތު ކުރެއްވީ ރަށުގެ ވަރަށް ގިނަމީހުންނަ ށާއި މިސުޕަމާރޓާ ކައިރި ހިސާބުތަކުގެ މީހުންނަށް ހާއްސަ އަގުތަކެއްގައި މުދާތައްވިއްކުމުގެ ބޭނުމުގައި ކަމަށެވެ. “ރަށުގެ އެހެން ފިހާރަތަކާ ބަލާފައި މި ސުޕަމާރޓް އިން ވަރަށް އަގުހެޔޮވާނެ ހުރިހާ އެއްޗެއްވެސް” ވިސާމް ވިދާޅުވި އެވެ. “އަޅުގަނޑުމެން މިފަހަރު ވިޔާފާރި ފެށީ ރޯދަ ޕްރޮމޯރޝަނާއި އެކު، މި މާރޓް އިން ކުރައްވާ ކޮންމެ 200ރ އިން މަތީ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭގޮތަށް” ވިސާމް ވިދާޅުވިއެވެ.

އަލަށް ހުޅުވި މި ސުޕަމާރޓް އިން ފަށާ ރޯދަ ޕްރޮމޯޝަން ރަސްމީކޮށް ފެށޭނީ މާދަމާއެވެ. މި މޭއި މަހުގެ 15 އިން ޖޫން މަހުގެ 15 އަށް ހުޅުވާލެވިފައިވާ މި ޕްރޮމޯޝަން ގައި ނަސީބުވެރި 3 ފަރާތަކަށް ވަރަށް ޙާއްސަ އިނާމް ހުށަހެޅޭނެއެވެ. މިގޮތުން އެއްވަނަ އަށް ދާ ފަރާތަކަށް ސޯފާ ސެޓެއް، ދެވަނައަށް ޓީވީ އެއް އަދި ތިން ވަނައަށް ދާފަރާތަކަށް އެއާފްރެޔާ އެއް ލިބިގެންދާނެއެވެ. ޕްރޮމޯށަން ޖޫން 15 ވަނަ ދުވަހު ނިމޭއިރު ގުރު އަތުލުން އޮންނާނީ އީދު ދުވަހު ކަމަށްވެސް ވިސާމް ވިދާޅުވި އެވެ.

ވިޔަފާރި ކުރާފަރާތް ތަކުން ކޮންމެ އަހަރަކުވެސް ރައްޔިތުން ނަށް ހެޔޮއަގުތަކުގައި މުދާ ވިއްކުމަށް މުޅިރާއްޖޭގައި ގިނަ ވިޔަފާރި ވެރިން ތަފާތު އެކި ނަންނަމުގައި ޕްރޮމޯޝަން ތައް ކުރިއަށް ގެންދެއެވެ. މިގޮތުން އައްޑޫގައިވެސް ބޮޑެތި މާޓުތަކުން އައްޑޫ ރައްޔިތުންނަށް ރޯދަ ޕްރޮމޯޝަން ތައްކުރިއަށް ގެންދެއެވެ.