English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 35 ވަނަ އަހަރީ އާންމު ޖަލްސާ މިރޭ 8:30 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ހޮޓެލް ޖެންގެ ބޯލްރޫމްގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި 34 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރާނެއެވެ.

އަހަރީ އާންމު ޖަލްސާގައި ފާސް ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ޑިސެމްބަރު 2017 ގައި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސް ކުރުން ހިމެނެއެވެ. އަދި 31 ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރާނެ ކަމަށާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ވެސް ފާސްކުރާނެއެވެ. އޭގެ އިތުރުން މި އަހަރަށް އައްޔަންކުރާ އޮޑިޓަރުން ހޮވާ އުޖޫރަ ކަނޑައެޅުމާއި، ޑިރެކްޓަރުންގެ އުޖޫރައާމެދު ގޮތެއް ކަނޑައަޅާ ފާސްކުރުމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބޭންކްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.