English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން، މިއަހަރުގެ “ބޭންކް ފަންޑް” ލިބޭ ޖަމިއްޔާތައް ހޮވައިފި އެވެ.

ބޭންކް ފަންޑަކީ ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި އިޖުތިމާއީ ދާއިރާއާ ގުޅުން ހުރި މަޝްރޫއުތައް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުން ހޮވޭ ޖައްމިއްޔާތަކަށް 200،000ރ. ގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ.

ބީއެމްއެލްގެ މިއަހަރު ފަންޑުލިބޭ ޖަމިއްޔާތަކުގެ ތެރޭގައި ހިމެނެނީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ، ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް، މޯލްޑިވްސް ނަރސަސް އެސޯސިއޭޝަން އަދި މޯލްޑިވްސް ނަރސަސް އެސޯސިއޭޝަންއެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއަށް އެހީ ދީފައިވަނީ ހުޅުމާލޭގައި ކްލިނިކެއް ގާއިމުކޮށް، ބަލިން ރައްކާތެރިވުމާއި، ކުރީބައިގައި ބަލި ދެނެގަތުމާއި ހަކުރުބަލި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ގިނަ ބަޔަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ޚިދުމަތް ފުޅާކުރުމަށެވެ.

ޔުނައިޓެޑް އިސްލާމިކް ސޮސައިޓީއަށް އެހީ ދިނީ ދަރިވަރުންގެ ޑިޖިޓަލް މީޑިއާ ހުނަރު ކުރިއެރުވުމަށް ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޒަމާނީ މަލްޓި މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށް، މިހާރުވެސް ހިންގަމުންދާ މީޑިއާ ކްލަބްގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށެވެ.

ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް (ފޭލި)އިން މި ފަންޑުގެ އެހީގައި ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް ބ. އޭދަދުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ގާއިމުކުރާނެ އެވެ.

މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަންއަށް ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފްކޮށް، ނަފްސާނީ ބަލި އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ ފަރާތަތްތަކަށް ބޭނުންވާ އެހީއަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ގާއިމުކުރުމަށް އެހީ ދިން އިރު ޓައިނީ ހަރޓްސް މޯލްޑިވްސްއަށް އެހީ ދިނީ ހިތުގެ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ހަބެއް ގާއިމުކުރުމަށެވެ.

ބީއެމްއެލްއިން މުޖުތަމައުގެ ތަރައްގީ އާއި ކުރިއެރުމަށް ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ބޭންކް ފަންޑް ތައާރަފްކުރީ މިދިޔަ އަހަރު އެވެ.