ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދިވެހީން އާންމުކޮށް ބޭނުންކޮށް އުޅޭ އީކޮމާސް ވެބްސައިޓުތަކުން ނެގުމަށް ނިންމި 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސްއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ އެ ޓެކްސް ނަގަން އުޅެނީ ޢައިރު ޤާނޫނީކޮށް ކަމަށެވެ.
“އެއްވެސް ޓެކްސް އެއް ނަގާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅާ ފާސްކޮށްގެން. އެ ނޫން ގޮތަކަށް އެކަން ކުރުމަކީ ޤާނޫނުއަސާސީގައި ބުނާ ހަމަ އާއި ޚިލާފު ކަމެއް . މި ނިންމުން ނިންމާފައި ވަނީ ޗައިނާ އާއި އެކު ރާއްޖެ އިން ވެފައިވާ ފްރީޓްރޭޑް އެއްބަސްވުމާއި އެކު އައި ބަދަލުތަކުގެ ސަބަބުން ކަމަށް ތުހުމަތުކުރެވޭ” ޝަމްހީދު ވިދާޅުވިއެވެ.
ދިވެހިން އެންމެ ގިނައިން އޮންލައިން ވިޔަފާރި ކުރަމުންދާ ޓެމޫފަދަ ސައިޓުތަކުން ވިޔަފާރިކުރާނަމަ ޖުލައި 1 ވަނަ ދުވަހުން ފެށިގެން 30 އިންސައްތަ ފީ އެއް ނެގުމަށް ބީއެމްއެލް އިން ވަނީ ނިންމާފައެވެ.
އޭނާ ވިދާޅުވީ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.