ގައުމުގެ އަމާންކަމާއި ހަމަޖެހުން ނަގާލާ ގައުމަށް ރައްޔިތުންނަށް ގެއްލުންދޭން މަސައްކަތް ކުރާ ބޮޑެތި މުޖުރިމުންނަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ
ރޭ އަލިމަސްކާނިވަލްގައި ބޭއްވި “ހެސްކިޔާފައި” ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ގައުމުގެ އިސްލާހަށް ކަމަށް ބުނެ ކޯލިޝަން ހަދައިގެން، އިދިކޮޅު ފަރާތްތަކުން އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުން ވެސް އެހެން ރައްޔިތުންނެކޭ އެއްގޮތަށް ނިޒާމްތަކަކަށް ތަބާވާން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެ ލީޑަރުންގެ ވެރިކަމުގައި ގެއްލުނު ހައްގުތައް އިޔާދަވެއްޖެތޯ ސުވާލުކުރުމުގެ ބަދަލުގައި އެމަނިކުފާނުގެ ސަރުކާރަށް ސުވާލު އަމާޒުކުރަނީ ޖަލުގައި މިވެނި މީހަކު ހުންނަން ޖެހޭ ސަބަބާ ގުޅޭ ގޮތުން ކަމަށެވެ
އިދިކޮޅު ކޯލިޝަނުން އިސްލާހުގެ ނަމުގައި ކުރަމުންދާ މަސައްކަތަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ލީޑަރުންގެ “މަވެތިކަން” ނުވަތަ ޒާތީ ކަންތައްތަކެއް ހާސިލްކުރަން ކުރާ މަސައްކަތުގެ ތެރޭގައި ކުރާ ޖިނާއީ ކުށްތަކަކާ ގުޅިގެން، ނިޒާމް އަރާ ހަމަކުރުމުން، އުސޫލުތައް ކަމުނުގޮސްގެން ވާހަކަ ދައްކަވަމުން ދާ ކަމަށެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ޒަމާނުއްސުރެން ރާއްޖޭގައި ކަންކަން ކުރަމުން އައި އުސޫލު ކަމުނުގޮސްގެން ހައްގުތަކާއި ތަރުތީބުތައް ކަނޑައަޅާފައިވާ ގާނޫނުއަސާސީ އަށް 2008 ގައި އަމަލުކުރަން ފެށީ ހިންގުމުގެ ނިޒާމް ރަނގަޅު ކުރަން ކަމަށާއި އެ ބަދަލާއެކު، ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރުކުރުވައި އެމަނިކުފާނަށް ދެ ވަނަ ދައުރެއް ނުދިނުމުގެ އިހްތިޔާރު ވެސް ރައްޔިތުންނަށް ލިބިދީފައިވާކަމަށެވެ
ރައީސް ނަޝީދުއަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ޔާމިން ވިދާޅުވީ ފަހުތަޅާލުންގަނޑު ތަޅާނީ ވެސް ޑިމޮކްރަސީ ނެތިގެން އެ ވާހަކަ ދައްކާ މީހުންކަމަށާއި އިދިކޮޅު ކޯލިޝަން ތިއްބެވީ ތިން އަހަރުގެ ހުކުމްގައި ތިއްބެވި ބޭފުޅުންނާއި އެ އަށް ވުރެ ދިގު މުއްދަތުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުންގެ ތެޅުންގަނޑު އޮންނާނީ ރާއްޖޭގައި ނޫންކަމަށާއި އެ ބޭފުޅުން ތިއްބެވި ކަރަކަރައިގައިކަމަށެވެ