English Edition
Dhivehi Edition

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ކްލަބު ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވާދަކުރި މެޗުގެ ފަހު ވަގުތުގައި ގްރީނުން ޖެހި ގޯލާއެކު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗު އެއްވަރުވީ މެޗުގެ ފަހު ވަގުތުގައި ގްރީންގެ އަބްދުﷲ މިސްބާހް ޖެހި ލަނޑުން ދެ ޓީމް 1-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗު އެއްވަރުކޮށް ގްރީން ސްޓްރީޓްސް ކުޅުނު ނުވަ މެޗުން ނުވަ ޕޮއިންޓް ހޯދާއި ލީގުގެ ހަވަނާގައި އޮތް އިރު ޔުނައިޓެޑް ވިކްޓަރީ ހަތް ވަނައިގައި އޮތީ ނުވަ މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.

މިއަދު ހަވީރު ކުޅުނު މިމެޗުގެ މެޗުގެ 12 ވަނަ މިނެޓުގައި ވަރުގަދަ އެޓޭކިން ގޭމަކާއި އެކު މެޗު ފެށި ޔޫވީގެ ފޯވަޑް ސެމިއުލް ކޯޑެލް ވަނީ މެޗުގެ ލީޑު އެޓީމަށް ނަގާދީފައެވެ.

ކޯޑެލްގެ ލަނޑައަށް ފަހު ވެސް ޔޫވީއިން މެޗުގެ ފުރަތަމަ ހާފްގައި ގްރީންގެ ގޯލާއި އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފައިވާއިރު ގްރީންނުން ވެސް ވަނީ މިހާފްގައި ލަނޑު ޖެހުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.

ފުރަތަމަ ހާފް ޔޫވީ ކުރީގައި އޮވޭ ނިމިފައި ވާއިރު ގްރީންއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ދެވަނަ ހާފްގައި ގިނަ ހަމަލާތަކެއް ޔުވީގެ ގޯލާއި އަމާޒުކޮށްފައެވެ.މިގިތުން ގްރީން ސްޓްރީޓްސް އަށް ނަތީޖާ ހަމަހަމަ ކޮށްދޭން އަހުމަދު ރިލްވާން (ރިލޭ) އަށް ދެ ފުރުސަތެއް ލިބިފައިވާއިރު ރިލޭ ފޮނުވާލި ފުރަތަމަ ބޯޅަ އަރިމަތީ ދަނޑީގައި ޖެހުނުއިރު ދެ ވަނަ ފުރުސަތުގައި އޭނާ ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ.

ދެ ޓީމްގެ ފަރާތުން މެޗުގެ ފަހު ބައިގައި ގިނަ ހަމަލާތެކެއް ފޮނުވާލި ނަމަވެސް ގްރީން ސްޓްރީޓްސް އަށް އެއްވަރުކޮށްދިން ލަނޑު ދެވަނަ ހާފްގައި ގްރީންއަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުން ތެރިޔާ މިސްބާހުއެވެ.

މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.