English Edition
Dhivehi Edition

އިޓާލިއަން ކަޕްގެ ޗެމްޕިއަން އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކުރި ޔުވެންޓަސް އިން ކާމިޔާބުކޮށްފިއެވެ.

އީޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސް ކާމިޔާބުކޮށްފައިވަނީ އޭސީ މިލާން 4-0 ލަނޑުން ބަލި ކުރުމުށް ފަހުގައެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ 56 ވަނަ މިނެޓްގައި ޔުވެންޓަސްގެ ޑިފެންޑަރު މެހްދީ ބެނާޓިއާ ވަނީ ޔުވެންޓަސްއަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި ޔުވެންޓަސްގެ ދެވަނަ ލަނޑު ބެނާޓިއާ ކާމިޔާބުކުރިތާ 5 މިނެޓްފަހުން ޑަގްލަސް ކޮސްޓާ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ބެނާޓިއާއެވެ.

ޔުވެންޓަސްގެ ހަތަރުވަނަ ލަނޑަކީ މިލާންގެ ފޯވާޑް ކަލިނިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިލާން ބާކީކޮށް ޔުވެންޓަސް އިޓާލިއަން ކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރަށް ކާމިޔާބުކުރި އިރު މިއީ މިމުބާރާތުގެ ތަށި ޔުވެންޓަސްއިން ޖެހިޖެހިގެން ހޯދި ހަތަރުވަނަ ފަހަރެއެވެ.