English Edition
Dhivehi Edition

ލިޔުނީ : މުަހައްމަދު ހިޒްޔަމް ހާމިދު

10 މެއި 2018 (މިއަދު) ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަސް، ޝަމްސުއްދީން ސްކޫލްގައި ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ރާއްޖޭގެ ގިނަ ސްކޫލްތަކުގައި މިއަދުގެ ހަރަކާތްތައް ފެށީ ހެނދުނުގެ އެސެމްލީ އަށް ފަހަށެވެ. އެގޮތުން ޝަމްސުއްދީން ސްކޫލުގައިވެސް މިދުވަސް ފާހަގަކުރަން ފެށީ ދުވަހާގުޅޭ ޚާއްޞަ އެސެމްބްލީއަށް ފަހަށެވެ.

ޝަމްސުއްދީން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރެވުނު މަޤްޞަދަކީ އެ ސްކޫލުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ހުނަރުތައް ދައްކައިލުން ކަމަށް ސްކޫލުން ބުނެއެވެ. މިއަދުގެ ޚާއްޞަ ހަރަކާތްތައް އެސެމްލީއަށް ފަހު ފަށައިގެން ކުޑަކުދިންގެ ދުވަހާގުޅޭ ކޭކެއް ވަނީ ފަޅާފައެވެ. އެއަށްފަހު ދަރިވަރުންގެ ހުނަރު ދައްކައިލުމަށްޓަކައި ޓެލެންޓް ޝޯވ އެއް ވަނީ ބާއްވާފައެވެ.

މި ދުވަސް ކުލަގަދަކުރުމަށް ސްކޫލްގެ މުދައްރިސުންވަނީ ދަރިވަރުންނަށް ޚާއްޞަ އިންޓަރވަލްއެއް ވެސް ދެއްވާފައެވެ. އަދި ސްކޫލުން ވަނީ ސްކޫލްގެ ހުރިހައި ދަރިވަރުންނަށް ޓޭކް އަވޭ ގިފްޓްސްތައްވެސް ބަހާފައެވެ.

ދުވަހަށްޓަކައި ސްކޫލް ތައްޔާރުކުރުމުގައި ސްކޫލްގެ މުދައްރިސުންނާއި މަސައްކަތު ބޭފުޅުންވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ.

ޝަމްސުއްދީން ސްކޫލަކީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 7ކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މި ސްކޫލުގައި ކުޑަކުދިންގެ ދުވަސް ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރެވެއެވެ.