English Edition
Dhivehi Edition

އައްޑޫސިޓީގެ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން ކުޑަކުދިންގެ ދުވަހަށް ޚާއްޞަކޮށްގެން ހެލްތް ސްކްރީނިން ޕްރޮގްރާމެއް ފަށައިފިއެވެ.

ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މުޅިން ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެއިމްސް އިން ބުނެއެވެ.

މިއަދު ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކުރިއަށް ގެންދާ މި ސްކްރީނިންގ ޕްރޮގްރާމުގައި ހެލްތް ޗެކަޕް ހައްދަވާނީ އެ ސެންޓަރުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ ކަމަށް އެއިމްސް އިން ބުނެއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެއިމްސް އިން މިފަދަ ޕްރޮގްރާމެއް ހިންގާއިރު ދާދި ފަހުން އެ ތަނުގެ ފަރާތުން ވަނީ ހުޅުމީދޫގައި މެޑިކަލް ކޭމްޕެއްވެސް ކުރިއަށް ގެންގޮސްފައެވެ. ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ މި ކޭމްޕަކީ އެ ސެންޓަރުގެ ސްޕެޝަލިސްޓުން ހިމެނޭ ގޮތަށް މުޅިން ހިލޭ ކުރިއަށް ގެންދިޔަ ކާމިޔާބު ޕްރޮގްރާމެކެވެ.

އާންމު ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށް ދިނުމަށާއި އަދި އައްޑޫގެ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގައި ލުއި ފަސޭހަގޮތް ހަމަޖައްސައި ދިނުމަށް، މޭއި މަހުންފެށިގެން ސިލްސިލާކޮށް މިފަދަ ކޭމްޕްތައް ބާއްވާނެ ކަމަށް ވެސް އެއިމްސް އިން ބުނެއެވެ.

މީގެ ކުރީން އެއިމްސް ކުލިކުން އާސަންދައިގެ ދަށުން ބޮޑު ބައެއް ކަވަރ ކުރާއިރު މިދިޔަމަހު ވަނީ މިހާރު އެ ކުލިނިކްގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުންނަށާއި ޙިދުމަތަށް އާސަންދަ އެއްކޮށް ކަވަރ ކުރާގޮތަށް މުޅިން ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާދީފައެވެ