English Edition
Dhivehi Edition

ރަނގަޅު ސިއްހަތެއްގައި ހުރުމުގެ އިތުރުން ލޫޅާފަތިކޮށް ރީތި ހަށިގަނޑެއް ހުރުމަކީ ކޮންމެ މީހަކުމެ ކުރާނެ އުއްމީދެކެވެ. އެއްވެސް މީހަކު އެމީހެއްގެ ބަނޑުގައި ބޭކާރު މަސްތައް ހުރުމަށްނޭދޭނެ ކަން ކަށަވަރެވެ. ބަނޑުގެ މަސްތައް ހިނަދާލުން ވަނީ ބޮޑު ގޮންޖެހުމަކަށެވެ. ކަސްރަތު ކުރުމުގެ އިތުރަށް ކެއުމުން ވެސް ބަނޑުގެ މަސްތައް ހިންދާލެވިދާނެއެވެ. ތިރީގައި މިވާ ޖޫސްތައްޔާރު ކޮށްލުމަށްފަހު ކޮންމެރެޔަކު ނިދުމުގެ ކުރީން މިއިން ވައްތަރެއްްގެ ޖޫހެއް ބޭނުން ކޮށްލުމުން އެދެވޭ ނަތީޖާ ފެނިގެންދާނެއެވެ.

ކިއުކަމްބާ ޖޫސް

ޖޫސްތައްޔާރު ކުރަން ބޭނުންވާނެ ތަކެތި
•އެއް ކިއުކަމްބާ
•އެއް ލުނބޯ
•ޕާސްލޭ ފަތްކޮޅެއް
•އެއް ސައިސަމްސާ ގޭނި އިނގުރު
•އެއް ސައި ސަމްސާ އެލޮވޭރާ ޖޫސް
•ބައިތަށި ފެން

ތައްޔާރު ކުރާނެ ގޮތް
ހުރިހާ ބާވަތް އެއްކޮށް ލުމަށްފަހު ރަނގަޅަށް ޖޫސް ގިރާލާށެވެ. ކޮންމެ ދުވަހަކު ނިދަން އޮށޯތުމުގެ ކުރިން މި ޖޫސްތައްޔާރުކުރުމަށް ފަހު ބޯން ވާނެއެވެ. އެގޮތަށް މަހެއް ވަންދެން އަމަލުކުރުމުން ނަތީޖާ ފެންނަން ފަށާނެއެވެ.

ލުނބޯ ޖޫސް
ޖޫސްތައްޔާރު ކުރަން ބޭނުންވާނެ ތަކެތި
•5 ލުނބޯ
•1 ލީޓަރު ސްޕާކްލިންގް ވޯޓާ
•މިންޓު ފަތް
•އައިސް

ތައްޔާރު ކުރާނެ ގޮތް
އޮތްތައް ނެގުމަށްފަހު ހަތަރު ލުނބޯ ފެލާލާށެވެ. ބާކީ އޮތް ލުނބޯ ވައްކޮށް ފޮތިކޮށްލާށެވެ. އެއަށްފަހު ކުރިން ފެލާލި ލުނބޯހުތް ކޮޅު ސްޕާކްލިންގް ވޯޓާއާއި އެއްކޮށްލާށެވެ. އެއަށްފަހު މިންޓް ފަތާއި އައިސްގެ އިތުރުން ވައްކޮށް ފަތިކޮށްލި ލުނބޯ ފޮތިތައް ޖޫސްތަށި ތެރެއަށް އަޅާލުމަށްފަހު ބޯލާށެވެ.

އަލަނާސި ޖޫސް

ޖޫސް ތައްޔާރު ކުރަން ބޭނުންވާ ތަކެތި
•އެއް ލީޓަރު ސްޕާކްލިންގް ވޯޓަރ
•އެއް ލުނބޯ
•އަލަނާސި
•މިންޓު ފަތް

ތައްޔާރު ކުރާނެ ގޮތް
ހޫނު ފެނުގެ ތެރެއަށް ލުނބޯ ފެލާލާށެވެ. އެއަށްފަހު ހޫނުކުރާ ފެނުގެ ތެރަށް ކުޑަ ހަކުރު ކޮޅެއް އަޅާލުމަށް ފަހު ހަކުރުކޮޅު ވިރެންދެން ބަހައްޓާށެވެ. އެއަށްފަހު މިންޓުކޮޅާ އަލަނާސިކޮޅު އެއަށް އަޅާލުމަށްފަހު ގިރާލާށޭވެ.

ޓެގު