އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު މުހައްމަދު ޝަކީލު އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ޝަކީލު މަގާމުން އިސްތިއުފާ ދެއްވާފައި ވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ.
މުއާޒް ކުރެއްވި ޓުވީޓެގައި ވިދާޅުވީ ޝަކީލު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އިކޮނޮމިކް މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރައްވާފައި ވާ ކަމަށެވެ.
ޝަކީލު އެ މަގާމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު ތިންވަނަ ދުވަހު އެވެ.
ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައި ވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނަށް ބަދަލުތަކެއް މި ގެންނަނީވެސް އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ފަރާތްތަކުގެ ޝަކުވާ ބޮޑުވެފައި ވާ ދަނޑިވަޅެއްގައެވެ. އިދި ކޮޅުފަރާތް ތަކުން ތުހުމަތު ކުރާގޮތުގައި އެކޮމިޝަން މިހާރު ހިނަގަމުން ދަނީވެސް ޕީޕީ އެމްގެ ފުރިހަމަ ބާރުގައެވެ. އަދި މިފަދަ ހާލަތެއްގައި މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް އިދި ކޮޅުފަރާތް ތަކުން ދަނީ ބުނަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު ވެސް ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާ ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.