English Edition
Dhivehi Edition

މިނިވަން ކަޕް2017 ގައި މިއަދު ކުޅުނު މެޗު ބޮޑު ތަފާތަކުން މަންތަރަ ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު ހުޅުދޫ ފުޓްސެލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗު މަންތަރައިން ކާމިޔަބުކުރީ ރިސޯޓު ބޯއިސް އާއި ބައްދަލުކޮށް 6 ލަނޑު 1 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި މުހައްމަދު ސާމިން މަންތަރައަށް ކާމިޔާބުކޮށްދިން ލަނޑާއެކު ރިސޯޓް ބޯއިސް އިންވެސް ވަނީ ލަނޑެއް ކާމިޔާބުކުރުމަށް މަސައްކަތްކޮށްފައެވެ. މި ގޮތުން ރިސޯޓް ބޯއިސްގެ މުހައްމަދު އިސާން ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ސަމީނު މަންތަރައަށް ކާމިޔާބުކޮށްދިން ތިން ވަނަ ލަނޑާއެކު އެ ޓީމުން ވަނީ މެޗުގެ ޑިފެންސް ވަރުގަދަކޮށް އެޓޭކިން ގޭމެއް ކުޅެފައެވެ. މަންތަރަ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މި މެޗުގައި މަންތަރައިގެ އިބްރާހީމް ޝިނާޒު ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަލީ ޝފާއު އާއި މުހައްމަދު އަމީރު ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ޖަހާފައިވާއިރު، މަންތަރައިން އިން ވަނީ މެޗުގެ ލީޑު ފުޅާކޮށް ހަމަޖެހިލާފައެވެ. މި މެޗު ނިމިގެން ދިޔައީ ރިސޯޓް ބޯއިސް އަށް އިތުރު ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުލިބިއެވެ. މިއަދުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަންތަރައިގެ މުހައްމަދު ސަމީންއެވެ