އެސްޓީއޯ މާލޭ ލީގު 2017ގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ހޯދާއިފިއެވެ. އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާއަށް ހޯދާފައިވަނީ ރޭ މާލޭ ލީގުގެ އެންމެ ފަހު މެޗުގައި ނިއުރެޑިއެންޓް ސްޕޯޓްސް ކުލަބް އާއި ކުޅުނު މެޗު 1-1 ލަނޑުން އެއްވަރު ވުމުން ލީގުގެ ތާވަލްގެ ކުރީގައި އޮތް މާޒިޔާ،ނިއުރެޑިންޓް އަދި ގްރީން ސްޓްރީޓް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން ގޯލްގެ ތަފާތުން މާޒިޔާއަށް ކުރި ލިބޭތީއެވެ. ނިއުރެޑިއެންޓް،މާޒިޔާ އަދި ކުލަބް ގްރީން ސްޓްރީޓްއަށް މާލޭ ލީގައި ކުޅުނު 14 މެޗުން 27 ޕޮއިންޓް ލިބިފައިވެއެވެ. މާޒިޔާއަށް ލީގުގެ އެއްވަނަ ލިބެނީ ލީގުގެ ދެވަނާގައި އޮތް ގްރީންސްޓްރީޓަށް ވުރެ ފައިދާ އެއްގޯލް ހޯދާއިގެންނެވެ.މިހެންކަމުން ގްރީން ސްޓްރީޓްއަށް ދެވަނަ ލިބެނީ ނިއުއަށް ފައިދާ 2 ގޯލް ހޯދާއިގެންނެވެ.މި ނަތީޖާ ދައްކާ ގޮތުން ނިއުއަށް ތިންވަނަ ލިބޭއިރު ހަތަރުވަނަ ލިބެނީ ޓީސީ ސްޕޯޓް ކުލަބްއަށެވެ. ރޭ މާލޭ ލީގުގައި ނިއު އާއި މާޒިޔާ ކުޅުނުމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓްގައި ޖަހާއި ކުރި ހޯދާފައިވަނީ ނިއުރެޑިއަންޓްއިންއަށް މި މި ޓްރާންސްފާގައި ގުޅުނު އިބްރާހިމް ފާޒީލް(އޮއްޕޮ)އެވެ.މާޒިޔާއިން އެއްވަރު ކުރި ލަނޑު މެޗްގެ 59ވަނަ މިނެޓްގައި މާޒިޔާއަށް ކާމިޔާބުކޮށްދީފައިވަނީ އަމްދާން އަލީއެވެ.މި ލަނޑު ހަމްދާން ކާމިޔާބުކޮށްފައިވަނީ ލިބުނު ހިލޭޖެހުމެއް ކޮވަސެވިޗް ފޮނުވާލުމުން އެ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ނަތީޖާ ދައްކާ ގޮތުން މާޒިޔާ،ގްރީން ސްޓްރީޓް،ނިއުރެޑިއެންޓް އަދި ޓީސީ ސްޕޯޓްސް ދިވެހި ޕްރިމިއަ ލީގައަށް ކޮލިފައިވައިރު އީގަލްސްއަށާއި ވިކްޓަރީއަށް ވަނީ މި އަންނަ މަހު ފަށާ ދިވެހި ޕްރިމިއަ ލީގުން ފުރުސަތު ގެއްލިފައެވެ. އޯގަސްޓް 4ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއަ ލީގަށް ކޮލިފައިވާނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމްއާއި މިނިވަން ޗެމްޕިއަން ޝިޕްގެ ގަދަ ހަތަރު ޓީމްއެވެ.