English Edition
Dhivehi Edition

ކޮރަޕްޝަންގެ ތުޙުމަތެއްކޮށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އޭސީސީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

އޭސީސީން ފުއާދުއަށް ފޮނުވި އަމުރުގައި ބުނެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލި ޤައުމީ ކޮންޕްލެއިންސް ބިއުރޯއަށް ތިން މަސްދުވަހުގެ މުއްދަތަށް މެމްބަރުން ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެކޮމިޝަނަށް ފުއާދު ހާޒިރު ކުރަން ނިންމާފައިވާ ކަމަށެވެ. މިއަމުރު ފޮނުވި އިރު މިހާރު ފުއާދު ދިރިއުޅުއްވަމުން ގެންދަވަނީ އަވައްޓެރި ސްރީލަންކާގައެވެ.

އޭސީސީއަށް ފުއާދު ހާޒިރުވުމަށް އަންގާފައިވަނީ އަންނަ ބުދަ ދުވަހުގެ 14:00 އަށެވެ. 2013 ވަނަ އަހަރުގެ އިންތިޚާބު ނިމި އެތައް އަހަރެއް ވޭތުވެދިޔަ އިރުވެސް ފެންމަތިވެފައިނުވާ މި މައްސަލަ ކުއްލިއަކަށް ފެންމަތި ވުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ފުއާދު ވަނީ ޓްވީޓް ކުރައްވާފައެވެ.