English Edition
Dhivehi Edition

ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، “ހިޔާ”ގެ 7000ފުލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފިއެވެ.

މީގެ އިތުރުނ އެމިނިސްޓްރީއިން ބުނެފައި ވަނީ މިފަހަރު ބޮޑު ކިޔުއެއްގައި ނުޖެހި ފޯމް ލިބޭނެ އިންތިޒާމެއް ޤާއިމްކޮށްފައިވާނެ ކަމަށާއި ކިއުގައި ޖެހިގެން ފޯމު ނެގުމާއި ހުށަހެޅުމަށް އާންމުންނަށް ވަރަށް ބޮޑަށް ދަތި އުނދަގޫތަކެއް ކުރިމަތިވާތީ އެކަން ހައްލުކުރުމަށްޓަކައި މިނިސްޓްރީން ދަނީ މިފަހަރު ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވަމުން ކަމަށެވެ.

ހިޔާމަޝްރޫއުގެ ދަށުން ފުލެޓް ދިނުމަށް ކަނޑައަޅާފައިވާ ކެޓަގަރީތަކަކީ:

  • 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް 1000 ފުލެޓް
  • މާލެ ދަފްތަރުގައި ނުހިމެނޭ މާލޭގެ ރަށްވެހިންނަށް 1000 ފުލެޓް
  • މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1044 ފުލެޓް
  • ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފުލެޓް
  • ޓީޗަރުންނަށް 625 ފުލެޓް
  • އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފުލެޓް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް 200 ފުލެޓް
  • ފުލުހުންނަށް 300 ފުލެޓް
  • ސިފައިންނަށް 300 ފުލެޓް

މީގެ އތުރުން މާފަންނު ހުޅަނގު ދާއިރާގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޚާއްސަ 256 ފުލެޓާއި، ގުޅިފަޅުން ފުލެޓް ގަތް ފަރާތްތަކަށް ކަނޑައަޅާފައިވާ 300 ފުލެޓް ހިމެނެވެ.

ހިޔާ މަޝްރޫއަކީ މިހާތަނަށް ސަރުކާރުން އިއުލާނު ކުރި ގެދޮރުވެރި ކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. މިމަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކުގެ މަސައްކަތް އެކި ކުންފުނިތަކުން ދަނީ ކުރަމުންނެވެ. މިފްލެޓްތައް އަޅަނީ ހުޅުމާލެ ފޭސް 2 ގައެވެ.

ހިޔާ މަޝްރޫއުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއް ގައެވެ.