ސަރުކާރުން ކުރިއަށް ގެންދާ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފިއެވެ.
ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމައި މިއަދު ޢާންމުކުރީ “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓެވެ.
“ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފްލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އެއީ، ތިން ކޮޓަރީގެ އެޕާޓްމަންޓަށް ހުށަހެޅި 14،489 މީހުންނާއި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ހުށަހެޅި 6،208 މީހުން ނެވެ.
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުންhttps://t.co/Vxhvida1qP
— Min.of National Planning, Housing & Infrastructure (@MoNPHImv) August 8, 2023
ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ހާލަތާ ގުޅޭ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. އަދި ފޯމުގައި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމާއިމެދު، “ގެދޮރުވެރިން ޕޯޓަލް” އަށް ފޯމު ހުށަހެޅިއިރު ވެފައިވާ އިގުރާރުގައިވާ ގޮތުގެމަތިން އަމަލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން “ގެދޮރުވެރިން ޕޯޓަލް” މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއޯގަސްޓްމަހުގެ 22ވަނަ ދުވަހުގެ ގެ ނިޔަލަށެވެ.