English Edition
Dhivehi Edition

ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.

ރޭ ބާރަ ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާ ގައި ނިޔާވީ ހއ. ދިއްދޫއަށް އުފަން އެރަށު ސަމަންވިލާ މުހައްމަދު އައިހަމް އިސްމާއީލް އެވެ. އައިހަމްގެ ޖަނާޒާ މިއަދު ހެނދުނު 10 ޖަހާއިރު ހުޅުމާލެ ސަހަރާ( މަސްޖިދު ޒައިދުބިން ޘާބިތު) ގައި ކުރިއަށް ގެންދަން ނިންމާފައިވެ އެވެ.

އުމުރުން 15 އަހަރުގެ އެކުއްޖާ ވެއްޓިފައިވަނީ އެޗް-06 ގެ 12 ވަނަ ފަންގިފިލާއިންނެވެ.
އެ ކުއްޖާ ވެއްޓުމާއެކު ވަގުތުން ހޭނެތުނެވެ. ފަރުވާ އަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ވަނީ ބިނދިފައެވެ. އަދި ބޯފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ފައިބާފައިވެ އެވެ.

ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ތެރޭ އައިހަމް ނިޔާވެފައިވާ ކަން ހުޅުމާލެ ހޮސްޕިޓަލުން ވަނީ ހާމަ ކޮށްފައެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

މަރްޙޫމް މުޙައްމަދު އައިހަމް އިސްމާޢީލުގެ ފުރާނައަށް މާތްﷲ ހެޔޮރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ.އާމީން!