1439 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ
އިސްލާމިކް އެފެއާޒުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 06 މެއި 2018 އިން ފެށިގެން 15 މެއި 2018 ވާ އަންގާރަ ދުވަހުގެ 12:00 އަށް ވަނީ ހުޅުވާލާފައެވެ. މި ގޮތުން 1438ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނިފައިވާ ފަރާތެއްނަމަ އަލުން މިއަހަރު ފޯމް ހުށަހަޅަން ނުޖެހޭނެކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ
މާލެއާއި އޮތޮޅުތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން “ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު” ފުރުއްވުމަށްފަހު އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީންވަނީ އެދިވަޑައިގެންފައެވެ
މި ގޮތުން އައްޑޫ ސިޓީ ހިތަދޫ އިން ފޯމު ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިސްލާމިކް އެފެއާޒްގެ އައްޑޫ ސިޓީ ޔުނިޓަށެވެ. ހުޅުދޫ އަދި މީދޫ އިން ނަސްރިއްޔާ ޕްރީސްކޫލަށް ފޯމު ހުށަހަޅަންޖެހޭއިރު މަރަދޫ އާއި މަރަދޫފޭދޫ އިން ފޯމު ހުށަހަޅަން ޖެހެނީ ތަދްރީސުލް ޤުރްއާން ކްލާހަށެވެ. އަދި ފޭދޫ އިން ފޯމް ހުށަހަޅަންޖެހެނީ ލޭންޑް އެންޑް ބިލްޑިންގް މުނިސިޕަލްޓީ ޑިޕާޓްމަންޓަށެވެ
މިނިސްޓްރީގެ އިއުލާންގައި ބުނެފައިވާ ގޮތުން ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 12:00 އަށެވެ