English Edition
Dhivehi Edition

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް މިއަދާއި މާދަމާ ބެހުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދާ އަދި މާދަމާ، އަމީނިއްޔާ ސްކޫލް ހޯލުގައި ކުރިއަށް ގެންދާނެކަމަށެވެ.

ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ:

  • މިއަދު: 11:00 – 16:00 އަދި 20:30 – 22:30
  • މާދަމާ: 11:00 – 15:30 އަދި 20:30 – 22:30

ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.