English Edition
Dhivehi Edition

އެއިމްސް މެޑިކޭމްްޕް އިން ހުޅުމީދޫގެ ބަލިމީހުންނަށް ހިލޭ ބޭސްފަރުވާގެ ޙިދުމަތް ދީފިއެވެ

އައްޑޫ ފޭދޫގައި ހުންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން ހުޅުމީދޫގެ ސިއްޙީ މަރުކަޒުގައި އިއްޔެގެ ހެންދުނު 10 އިން ހަވީރު ހަތަރެއް ޖަހަންދެން ތިން ޑޮކްޓަރަކު ވަނީ ބަލިމީހުންނަށް ފަރުވާދީފައެވެ. މިގޮތުން ބަލިމީހުން ބެއްލެވި އެއިމްސްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ތެރޭގައި ކުޑަކުދީންގެ ޑޮކްޓަރ ކަސި ރެއްޑީ ،އަންހެނުންގެ ޙާއްސަ ޑޮކްޓަރ ދީޕާލީ އަދި އާންމު ބަލީގެ ޑޮކްޓަރ ޒުލްފިގާރްހިމެނެއެވެ

އެއިމްސްގެ މެނޭޖް މެންޓްއިން “އޭއޯ ނިއުސް” އަށް މައުލޫމަތު ދެމުން ބުނެފައި ވަނީ އިއްޔެގަ ކުރިޔަށް ގެންދިޔް ކޭމްޕް ގައި ވަރަށް ގިނަބަލިމީހުން ގެ ތަރުހީބް ލިބުނުކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން ކިޔު ނަންބަރ ފުލް ވުމުން ނުދެއްކިގެން ތިބި ބަލި މީހުންނަށް ހިލޭ ފޭދޫ އެއިމްސް ފަރުވާދެވޭނެ އިންތިޒާމް ވެސް ހަމަ ޖެހިފައި ވާނެކަމަށެވެ. މީގެ އިތުރުން އިއްޔެގެ ކޭމްޕް ގައި އިތުރުޓެސްޓްތައް ހެދުމަށް ނަގާފައިވާ ސާމްޕަލް ގެ ނަތީޖާވެސް ހުޅުމީދޫ ސިއްޙީ މަރުކަޒުން ލިބޭނެ ގޮތްހަމަޖެހިފައިވާނެ ކަމަށާއި އަދި އިތުރު ފަރުވާ އެއިމްސްގެ ފޭދޫ ކްލިނިކަށް ވަޑައިގަތުމުން ލިބޭނެކަމަށެވެ

އާންމު ރައްޔިތުން ނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށް ދިނުމަށާއި އަދި މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގައި ލުއި ފަސޭހަގޮތް ޖަމަޖައްސައި ދިނުމަށްމޭއި މަހުންފެށިގެން ސިލްސިލާކޮށް ބާއްވާ އެއިމްސް މެޑިކޭމްޕް ގެ މެނޭޖްމެންޓްއިން އިއްޔެގެ ހުޅުމީދޫގައި ބޭއްވި ކޭމްޕް ނިންމާލެވުނީ ވަރަށް ކާމިޔާބު ކާމާއި އެކުކަން މެނޭޖް މެންޓްއިން ފާހަގަ ކުރެއްވިއެވެ. އަދި މިކޭމްޕް ކުރިޔަށް ގެންދިޔުމަށް ހުޅުމީދޫ ހެލްތް ސެންޓަރ ގެ ވަރަށް ބޮޑު އެހީއެއް ލިބުނުކަން ފާހަގަކުރެއްވި އެވެ.

މީގެ ކުރީން އެއިމްސް ކުލިކުން އާސަންދައިގެ ދަށުން ބޮޑު ބައެއް ކަވަރ ކުރާއިރު މިދިޔަމަހު ވަނީ މިހާރު އެ ކުލިނިކްގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުންނަށާއި ޙިދުމަތަށް އާސަންދަ އެއްކޮށް ކަވަރ ކުރާގޮތަށް މުޅިން ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާދީފައެވެ

ފެންވަރު ރަނގަޅު ބޭސް ފިހާރައަކާއި ލެބޯޓްރީއަކާ ވެސް އެކުގައި ހުޅުވާފައިވާ މިތަނުގެ ލެބޯޓަރީއަކީ މިހާރު ރާއްޖޭގެ ގިނަ ހޮސްޕިޓަލުތަކާ އެއްފެންވަރަށް ޚިދުމަތް ދެވޭ ފުރިހަމަ ތަނެކެވެ. މިކްލިނިކަކީ އައްޑޫގެ ގިނަ ބައެއްގެ މެދުގައި އިތުބާރު ހިފޭ މަގުބޫލު ކުލިނިކަކަށް ވަނީ ވެފައެވެ