English Edition
Dhivehi Edition

ވިލާކޮލެޖުން ވަނީ ރާއްޖޭގެ މަތީތައުލީމަށް ބޮޑުއިންގިލާބެއް ގެނެސްދީފައި ކަމަށް އެކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވިލާކޮލެޖު އައްޑޫސިޓީ ހިތަދޫ ކެމްޕަހުގެ ސެޓްފިކެޓް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުނެވެ. ޝަރަފުއްދީން ސްކޫލް މާލަމުގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ވިލާކޮލެޖު ވުޖޫދުވިއިރު ރާއްޖޭގައި ހިންގަނީ ޑިގްރީ ޕްރޮގްރާމެއް އެކަނި ކަމަށެވެ. އެޕްރޮގްރާމުގެ ދަށުން ހިންގަމުންއައީ ދިވެހިބަހުގެ ޑިގްރީ ޕްރޮގްރާމާއި، ޝަރީއާ އެންޑް ލޯ ޕްރޮގްރާމް ކަމަށެވެ. “ވިލާކޮލެޖަކީ ދިވެހިރާއްޖޭގައި މަތީތައުލީމަށް ވަރަށްބޮޑު އިންގިލާބެއް ގެނެސްދިން ބައެއް. ވިލާކޮލެޖުން މަތީތައުލީމް ހިންގަން ފެށިއިރު ދިވެހިރާއްޖޭގައި ހަމައެކަނި ހިންގަނީ ޑިގްރީ ޕްރޮގްރާމް. އޭގައި ހިމެނެނީ ދިވެހިބަހުގެ ޑިގްރީ ޕްރޮގްރާމަކާއި، ޝަރީއާ އެންޑްލޯ ޕްރޮގްރާމެއް. ދެ ޕްރޮގްރާމަކީވެސް ދިވެހިބަހުން ކިޔަވައިދޭ ޕްރޮގްރާމެއް. ވިލާކޮލެޖުން މަތީތައުލީމުގެ ދާއިރާގައި ހަރަކާތެރިވާ ހުރިހާ ފަރާތްތަކަށް އުންމީދެއް ގެނެސްދީފީމު ހިތްވަރެއް ގެނެސްދީފީމު ވާދަވެރިކަމެއް ގެނެސްދީފީމު. އެކަމަކީ އިނގިރޭސި ބަހުންވެސް ޑިގްރީ އަށް ކިޔަވައިދިނުން. ބޭރުގެ ޔުނިވަރސިޓީގެ ފެންވަރަށް މިރާއްޖޭގައި މަތީތައުލީމަށް ކިޔަވައިދެވޭކަން،” ޑރ. އަންވަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ކޮލެޖުން އެންމެ ފުރަތަމަ ބެޗިލަރއޮފް އެޑިޔުކޭޝަނާއި، ބެޗްލަރއޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި، ބެޗްލަރއޮފް އިންފޮމޭޝަން ޓެކްނޮލިޖީގެ ދާއިރާއިން އިނގިރޭސިބަހުން ޑިގްރީއަށް ކިވައި ދެއްވަން ފެއްޓެވި ކަމަށެވެ. އެހިސާބުން ރާއްޖޭގެ މަތީތައުލީމަށް ގެނެވުނީ ވަރަށްބޮޑު އިންގިލާބެއް ކަމަށް ވިދާޅުވިއެވެ. އެ ފެންވަރަށް އަމިއްލަ ބަޔަކަށް ދުވަހަކުވެސް ރާއްޖޭގައި ކިޔަވައިދެވޭނެ ކަމަށް ބަޔަކު އުންމީދެއްވެސް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. “އެހެންނަމަވެސް ވިލާކޮލެޖުން ޑިގްރީއަށް ކިޔަވައިދޭން ފެށުމާއެކު އަމިއްލަ ފަރާތްތަކުން ހިންގާ ޕްރައިވެޓް ތަންތަނަށްވެސް އައު ދިރުމެއްއައި. ދުވަހަކުވެސް ހީވެސް ނުކުރާކަމެއް ޚިޔާލުވެސްނުކުރާމަމެއްއެއީ،” އަންވަރު ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ޑިޕްލޮމާ ހާސިލްކުރި ދަރިވަރުންނާ މުޚާތަބުކޮށް ރެކްޓަރ ވިދާޅުވީ ޑިޕްލޮމާއަކީ މަތީތައުލީމުގެ ފެށުން ކަމަށެވެ. އެހެންވީމާ އެހިސާބުން ފެށިގެން މަތީތައުލީމާގެން ކުރިއަށް ދިޔުމަށް ދަރިވަރުން ހިތްވަރު ކުރަންޖެހޭ ކަމަށް ރެކްޓަރ ވިދާޅުވިއެވެ. ޑރ. އަންވަރު ވިދާޅުވީ ވިލާކޮލެޖުގެ އަގުބޮޑު ކަމަށް ބައެއް މީހުން ވާހަކަ ދައްކާ ކަމަށެވެ. އެކަމަށް އޭނާ ދެކޮޅެއް ނުހައްދަވައެވެ. އޭނާ ވިދާޅުވީ އެ އަގާއެއްވަރަށް ފެންވަރު ރަނގަޅު ތައުލީމެއް އެކޮލެޖުން ދެއްވާ ކަމަށެވެ. އެކޮލެޖުން ދެއްވާ ސެޓްފިކެޓަކީ ފެންވަރުހުރި ސެޓްފިކެޓަކަށް ވާނެ ކަމަށެވެ. އަގުހެޔިކޮށް ކިޔަވައިގެން ލިބޭ “ކަރުދާސްކޮޅު” އެއްޗަކަށް ނުވާކަމަށްވާނަމަ އޭގެމިޖަލްސާގައި ވިލާކޮލެޖުގެ އެގްރެކެޓިވް ޑިރެކްޓަރ އާއިޝަތު މުހައްމަދު ދީދީވެސް ވާހަކަ ދެއްކެވިއެވެ.