English Edition
Dhivehi Edition
އައްޑޫ ނޭޗަރ ޕާކް - ފޮޓޯ: އައްޑޫ ނޭޗަރ ޕާކް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީ.ސީ.އޭ.ޕީ) ގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކޮށްފައިވާ އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރ ސެންޓަރުގައި ރެސްޓޯރަންޓެއް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ

މިމަސައްކަތަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް 08 މޭ 2018 ގެ މެންދުރުފަހު 14:00 ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްދެވޭނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިންވަނީ ހާމަކޮށްފައެވެ.އަދި ބީލަން ފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެ މިނިސްޓްރީންކޮށްފައިވާ އިއުލާންގައި ވަނީ ބަޔާންކޮށްފައެވެ

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނަނީ 2 މެއި 2018 ވާ ބުދަ ދުވަހު 11:00ގައި މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހެޅުވުން 9 މެއި 2018 ވާ ބުދަ ދުވަހުގެ 11:00ގައި އިންވަޔަރަންމަންޑް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމަށް އިއުލާންގައި ވަނީ ބުނެފައެވ