English Edition
Dhivehi Edition

އައިއެސްގެ ލީޑަރ އަބޫބަކުރު އަލްބަޣުދާދީ ދިރިހުރި ކަމުގެ %99 ޔަގީންކަން އެބައޮތްކަމަށް ކުރުދީންގެ އިސް އޮފިޝަލަކު ބުނެފިއެވެ. އެނާ މިހެން ބުނެފައިވަނީ ރޮއިޓާސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ. އެނާ މިހެން ބުނެފައި މިވަނީ ބަޣުދާދީ މަރާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވަނިކޮށެވެ. ކުރުދީންގެ ކައުންޓަރ ޓެރަރިޒަމްގެ އިސް އޮފިޝަލެއް ކަމަށްވާ ލަހޫރު ތަލަބާނީ ހޯމަ ދުވަހު ރޮއިޓާސްއާ ވާހަކަ ދައްކަމުން ބުނެފައިވަނީ ” ބަޣްދާދީ ދިރިހުރިކަމަށް އަހަރެމެންނަށް ވަނީ މައުލޫމާތު ލިބިފައި. އަހަރުމެންނަށް %99 މަރުނުވާކަން ކަށަވަރު. ” ކަމަށެވެ. އެނާ އިތުރަށް ބުނެފައިވާނީ ބަޣްދާދީ ފިލައިގެން އުޅެނީ ސީރިއާގެ ރާއްކާ ސިޓީގެ ދެކުނުގެ ހިސާބެއްގައި ކަމަށެވެ. ތަލަބާނީ ބުނެފައިވަނީ އިރާގުން އައިއެސް މުޅިން އެއްކޮށް ނައްތާލަން އިތުރު 4 އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށެވެ. އެނާ ބުނެފައިވާ ގޮތުގައި ހަނގުރާމަވެރިންގެ ބާރު ދަށްވި ނަމަވެސް އެމީހުންގެ އުކުޅުތައް ބަދަލު ކޮށްގެން ހަނގުރާމަ ކުރަމުން ދާކަމަށެވެ. ދާދި ފަހުން އިރާގު ސިފައިންވަނީ އައިސްއިން އިރާގުގައި ވެރިކަން ކުރަމުން ދިޔަ މޫސަލް، އިރާގު ސިފައިންގެ ކޮންޓްރޯލްދަށަށް ގެންގޮސްފައެވެ. އަދި ރައްކާގައި ވެސް ތިބި ހަންގުރާމަވެރިންނާ ދަނީ ގާތްކުރަމުންނެވެ.