English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ކަނޑައަޅައި، އިންވެސްޓްމަންޓުތަކަށް ފުރުސަތު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ޤަރާރެއް ގެޒެޓުކުރައްވައިފިއެވެ. މި ޤަރާރުގެ މަޤުޞަދަކީ ދައުލަތުގެ އާންމު މަންފާއަށްޓަކައި ކުރިއަށް އޮތް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ އުމްރާނީ އަދި އިޤުތިޞާދީ މަޝްރޫޢުތަކަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުކޮށް، މަސައްކަތްތައް ހަލުވިކުރުމެވެ.

މި ޤަރާރުގައިވާ ގޮތުން، މަޝްރޫޢުތަކުގައި ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ އެންމެ ކުޑަ އިންވެސްޓްމަންޓްގެ މިންވަރު ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުގެ ތަރައްޤީގެ މަގުޗާޓުގައި އެންމެ އިސްކަމެއް ދީފައި ވަނީ ޓޫރިޒަމް ދާއިރާ ފުޅާކުރުމަށާއި، ވައިގެ ދަތުރުފަތުރުގެ ނިޒާމު އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަށެވެ. މީގެ ތެރޭގައި އަތޮޅުތަކުގައި އާ އެއަރޕޯޓުތައް ބިނާކުރުމާއި، ހެރިޓޭޖް ޓޫރިޒަމް އަދި ނޭޗަރ ޕާކުތައް ތަޢާރަފުކުރުން ހިމެނެއެވެ.

މީގެ އިތުރުން، މުޖުތަމަޢުގެ ހެეთަށްޓަކައި “ހޯޕް އައިލެންޑް” ޤާއިމުކުރުމާއި، ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްއެއް އެޅުން ފަދަ އިޖުތިމާއީ ބޮޑެތި މަސައްކަތްތަކެއް ވަނީ ހިމަނާފައެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް ކުނި މެނޭޖުކުރާނެ މަރުކަޒުތައް ހެދުމާއި، ކުޅިވަރުގެ ދާއިރާއިން ހައިޕަރފޯމަންސް ސެންޓަރުތައް ބިނާކުރުން ފަދަ ޤައުމީ މަސައްކަތްތައް ވެސް މި ޤަރާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.