English Edition
Dhivehi Edition
ހަސަން ޒަރީރު

ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިސެސް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި ހަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ފާސްކޮށްފިއެވެ. މި މައްސަލަ ކޮމިޓީން ދިރާސާކުރުމަށްފަހު ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޒަރީރަށް ރުހުން ދިނުމުގެ އިތުރުން، މިނިސްޓްރީތަކުގެ ނަންތަކަށާއި ދާއިރާތަކަށް ރައީސް ގެންނެވި ބަދަލުތަކަށް ވެސް ކޮމިޓީން ވަނީ ރުހުން ދީފައެވެ. ޒަރީރު އަކީ މީގެ ކުރިން މީރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރުގެ މަގާމު ފުރުއްވައި، މާލީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމިޓީން މި ދެ މައްސަލަ ފާސްކުރުމާ ގުޅިގެން، ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މި މައްސަލަތައް ހުށަހަޅައި، މަޖިލީހުގެ ހުރިހާ މެންބަރުންގެ ވޯޓަކުން މިކަމުގައި ގޮތެއް ނިންމުމެވެ.