English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދެއްކި ޑްރާމާ ސަސުރާލް ގެންދާ ޕޫލް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޖޭ ސޯނީ އޭނާ ބައްޕައަކަށްވެއްޖެ ކަމުގައި ބުނެފިއެވެ

އަނބިމީހާ ޕޫޖާ ޝާހް އެޕްރީލް 18 ވަނަ ދުވަހު ވިހާފައިވާއިރު އެމީހުންގެ އަލަތު އަންހެން ދަރިފުޅަށް އެމީހުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިދިޔަ ޖެނުއަރީ މަހު ދަރިފުޅަށް މަރުހަބާކިޔުމުގެ ގޮތުން ހަފްލާއެއް ބާއްވާފައިވާއިރު މި ހަފްލާގައި މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ ތަރިންވަނީ ބައިވެރިވެފައެވެ. ޕޫޖާ ބަލިވެއިން ވާހަކަ ޖޭ މީޑިއާގައި ހިއްސާކޮށްފައި ނުވާއިރު ޖޭ ބުނެފައިވަނީ ފުރަތަމަ ކޮޅު އެ ވާހަކަ މީޑިއާއި ހިއްސާކުރުމަށް ބޭނުންނުވީ ކަމަށެވެ.

މިދިޔަ އަހަރު ޖޭ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އަނބިމީހާ ޖޭ އަށް އެކަށީގެންވާ ވަރަށް ވަގުތު ނުދެވޭ ކަމަށާއި އެކަންތައްތައް ބަދަލުކޮށްލަން ބޭނުންވާކަމަށެވެ