English Edition
Dhivehi Edition

ޖަޕާނުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި ޖަރުމަނުގެ އާގު ބޯޓެއްގައި އޮތް ބަލި މީހަކު ހާލު ދެރަވެގެން އަވަސް ފަރުވާ ދިނުމަށް އައްޑޫ ސިޓީއަށް ގެންގޮސްފި އެވެ

ރޭ އެމްއެންޑީއެފް އިން ބުނީ ޖަޕާނުގެ ނަގޯޔާ ބަނދަރުން ފުރައިގެން ސައުތު އެފްރިކާގެ ޕޯޓް ކެލަންގަށް ދަތުރުކުރި ޖަރުމަނުގެ ބޯޓެއްގައި ޔުކްރެއިންގެ 41 އަހަރުގެ ބަލި މީހާ ގެންދިޔައީ ޑޮކްޓަރުންގެ ޓީމަކާއެކު ކޯސްޓްގާޑުން ގޮސް ކަމަށެވެ. ސިފައިން އެ ބަލިމީހާ ނަގާފައި ވަނީ އައްޑޫ ސިޓީ ގަމާއި 12 މޭލު ބޭރުގައި ބޯޓު އޮއްވާ ކަމަށް އެމްއެންޑީއެފް އިންވަނީ ބުނެފައެވެ

އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލި މީހާ ފޭދޫއަށް ގެންދިޔައީ ރޭ 7:00 ހާއިރުއެވެ.