English Edition
Dhivehi Edition

ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޖެހި ދެ ގޯލުން 2-0 އިން ކްލަބް އީގަލްސް ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ އަށް މިރޭ މާޒިޔާ ޖެހިލައިފި އެވެ

އީގަލްސް އަތުން މޮޅުވެ މާޒިޔާ 7 މެޗުން 13 ޕޮއިންޓު ހޯދައިގެން ތާވަލްގެ ދެވަނައަށް ޖެހިލިއިރު ތިން ވަނާގައި އޮތް ޓީސީއަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ތާވަލުގެ އެއް ވަނާގައި 13 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ނިއު އޮތްއިރު އެޓީމަށް އަދި ފުރަތަމަ މެޗުގައި މެޗެއް ބާކީ އެބައޮތެވެ.

ފުރަތަމަ ބުރުގެ ފަހު މެޗުގައި މިމަހުގެ 29 ވަނަ ދުވަހު ބައްދަލު ކުރާނީ ވެލެންސިޔާ އާއި ނިއުއެވެ.

މިރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި މާޒިޔާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ކޯނެލިއަސްއެވެ.

މެޗުގައި މާޒިޔާއިން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކޯނެލިއަސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ޑިފެންޑަރު ހެލްމެޓް އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.