ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ދިވެހިރާއްޖޭގެ ޤައުމީ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ
މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ދިޔަވަރު އެންމެ ބޮޑު ވާނީ ހަވީރު ކަމަށް ވާތީ އުތުރުގެ އަތޮޅުތަކަށް އުދަ އަރާނެ ކަމަށް ބެލެވެނީ 5:00 ހާއިރު ކަމަށެވެ. މެދު ރާއްޖޭގެ އަތޮޅުތަކަށް އުނދަރާނެ ކަމަށް ބެލެވެނީ ހަވީރު 05:30 ހާއިރުކަމަށާއި ދެކުނުގެ އަތޮޅުތަކަށް އުދައިގެން އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ރޭގަނޑު 07:00 ހާއިރު ކަމަށެވެ
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި އެހެން ހިސާބުތަކަށްވެސް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ
ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް އެ އިދާރާއިންވަނީ ބުނެފައެވެ
އެ އިދާރާއިން ވަނީ މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަށްފަހު ދަތުރުކުރެއްވުމަށާއި މޫސުމަށް ސަމާލުވުމަށް އިލްތިމާޒުކޮށްފައެވެ