English Edition
Dhivehi Edition

ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި ހުޅަނގު ދެކުނާއި ހުޅަނގުން އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުނު ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ، ރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދައިގެ އަސަރު ފޯރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.