ލިޔުނީ: މުޙައްމަދު ހިޒްޔަމް/ ސ.އަތޮޅު ސްކޫލް/
އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި އައްޑޫ ހައި ސްކޫލާއި ސީނު އަތޮޅު ސްކޫލް ވާދަކުރި މެޗު، ސީނު އަތޮޅު ސްކޫލުން ކާމިޔާބު ކޮށްފިއެވެ.
4-13ގެ ނަތީޖާއަކުން ސީނު އަތޮޅު މަދަރުސާ މޮޅުވި މި މެޗަކީ ފޯރީ ގަދަ މެޗެކެވެ.
ސ.އަތޮޅު މަދަރުސާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެންމެ ގިނަ ލަނޑުތައް ކާމިޔާބު ކޮށްދިނީ ގްރޭޑް 10ގެ ދަރިވަރު މަރިޔަމް ފައިހާ ޝަރީފެވެ. މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ގްރޭޑް 9ގެ ހައްވާ މައިސާ ޢަބްދުﷲ އެވެ.
މި މެޗަކީ ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗެކެވެ. ނަމަވެސް ހުނަރުވެރި ކުޅުމަކާއެކު ސ.އަތޮޅު ސްކޫލުން މެޗުގެ ލީޑް ނަގައި މެޗް ކާމިޔާބު ކުރިއެވެ. ހަމައެހެންމެ، އަތޮޅު ސްކޫލުގެ ކުޅުންތެރިން ހުށިޔާރު ކަމާއެކު މެޗް ޑިފެންޑްކޮށް ގިނަ އެޓޭކްތަކެއް ކުރިއެވެ.
ޓީމުގެ ފަރާތުން ވާހަކަދައްކަމުން ސްކޫލްގެ މުދައްރިސަކު ވިދާޅުވީ ޓީމުން ހިތްވަރާއެކު މަސައްކަތް ކުރި ކަމަށާއި އަދި ވަރަށް ފުރިހަމަ ޓީމް ވޯރކެއް ފެނިގެން ދިޔަ ކަމަށެވެ.
މި މުބާރާތުގައި ދެން ސ.އަތޮޅު ސްކޫލް ބައްދަލު ކުރާނީ މާދަމާ މެންދުރު 14:00ގައި އިރުޝާދިއްޔާ ސްކޫލާއެވެ.