English Edition
Dhivehi Edition

ބޯކޮށް ވާރޭވެހޭނެކަމަށް ބަލައި ގއ. އަތޮޅުން ފެށިގެން ސ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ ނެރުނު އެލާޓްގަފައި ބުނެފައި ވަނީ، ގއ. އަތޮޅުން ފެށިގެން ސ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށެވެ.

މެޓް އޮފީހުން އެ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން މެންދުރު 14:00 އާ ހަމައަށެވެ.

ޔެލޯ އެލާޓަކީ ކޮބާ؟

މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މި ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާއިރު ކަނޑުމަތީގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ