އާރޭފެ ހުސައިނު ޖަގަޑާއި އެތެރެ އަތެޅުން ވަކިކޮއްފެއި ފުރެއި ޒުވާނުން މާލެ ފެނޑުވިޔެ. އެވެރިން ވިލިގީލެ ޖަލި އަހަރައްހެއި ދުވެހި ބާފެއި ބައެއް މީހުން ދޫކޮއްލެއި އެނައްބާކިން އުތުރެ އެކި ރައްރަށައް އަރުވަލިޔެ. މިތަނުން އެހެކާ ފެނޑުވީ މިލަދުންމަޑުލެ އުތުރުބުރިޔެ ބިލެއްފަހިއެއި ކޮމަންޑޫއެއި ދޭތެރެ އޮންނަ ރަށަކައް.
އެރަށި ފާޖެހުމާއި އެކީ މިކަލޯ ސިޓީއައް ލޭފެއި އަމާއް ފެނޑުވަލި. އިޔާއި ލޭފެއި އޮތީ ތިމާ މިކޯ އަރުވަލިޔައު އުތުރެ ރަށަކައް. މީ މިލަދުންމަޑުލެ އުތުރެ ބުރިޔައު. މިރަށައް ކޭނީ މަފޮޅިޔައު. ތިމާ މިހިންނެއި މިރަށި މުދިންބެއްޔާގެ ގޭޔައު. އެވެރިން ތިމާކައް ނިބެއްޔައް ނުނާއު. ކޮއްދޭ މަސައްކަތަކައް ކާށާއި ބޯށާއި ދެއްޔައު. އާއްމުކޮއް ގޮސް މިހަދަނީ މަހަށާއު. ނެފީން ހައެއްކަ އުރަ ކޮއްޔާޖެހި ބިސްކޯޒު ފެނޑުވައިދޭއްކެއި. މިރަށި މީހުން ދުވަހައް ލޯދިށި އެއްތަކަށަސް ނިވޭށިޔައު.
ސިޓީ ލިބެޱެމެއި މިއަމާ އަވަސްއަވަހައް ކާމައު އޭ މީހަކާއި ގަޑަގެން ދޮޅަހަކައް އުރަ ކޮއްޔާ ޖެހި ބިސްކޯޒު ހޯދަފެއި މީއެއި އެކީ ފެނޑުވާޱެ ސިޓީއައް ލޭއުވަލި. ދެން ސިޓީ އުރާއިބޭރެ އެޑްރެހާއި ރަށި ނަން ޖަހުވަލި. ޖެހުވީ މޭވާގެ ށ.މަފޮޅިޔައު. މިސިޓީ ހިފަގެންގޮސް މާލެ ފުރާ ބޯޓަކި ނެވި މީހާ އަތައް ދިންމެއި މިޔާ ބަލަފެއި އެމީހާ ކޭފި ބަލަ މީކޮން މަފޮޅިޔައްތައު. މެހެން ކޭ ރަށަށް މިލަދުންމަޑުލެޔަސް އަދި އެހެން އަތެޅަކިޔަސް ނިއޮވެއްޔައު. މިއަމާ ކޭފި އެހެން ނިވޭހެއް ނުންތައު. ތިމާގެ ކަލޯ މިކޯ އަރުވަފެއި އެހިށީ މަފޮޅިޔަށާއު. ސިޓީއަކަސް ތެބެ ފެނޑުވިޔައު. މިއަޑަ އަހަފެއި ނެވި މީހާ ކުދުކޮއް ވިސްނަފެއި ކޭފި އައިސާދިޔައު. ތޭ ވޭޱެއި މަރޮށި ކަމަށާއު. އެހެން ކޭ ރަށައް އެއަތެޅެ އޮވެއްޔައު. ވީމެއި އެރަށި ނަން ހެއުކޮއް ލޭނައް އައިސާދިޔަގެ ކަލޯއައް ނިކެރެޱެއި ކަމަށާއު ވޭޱެއި.
ނެވި މީހާ މެހެން ބެޱިމެއި އައިސާދީ ގޯވަގެން ކޭފި ހެއުވޭޱެއި ކެހެނަކައްތައު. ތިމާގެ ކަލޯ އަރުވާއް ނާސިރުއައް ފެނެޱެއި ކިހެއި ވިޔާއިނިވެގޭ ރަށަކައްތައު. އެކަހަލެއި ރަށަކި ކަލޯގެ ހާލާކަސް ނިހިންނެހެއް ނުންތައު. ނެވި މީހާ ކޭފި. ނަން ކޮންމި ލެހަކައް ކިޔަސް ރައް ވިޔާއިނިވޭކަމައް ތިމާ ނިދެނުމާއު. އެއަތެޅެ އޮވެއްޔައު ކާލި ހަމަކޮއްފެއި އެވައްތަރި އެހެން ނަމައް ކޭ ރަށަކަސް. އެރަށައް ކޭނީ ފޯކައިދޫއައު. އައިސާދިޔެ ދެރަ ނިވޭއްކެއި. މީހުން މީހުންނައް ވުމާއި އަޚުލާގާއި އުޅުން ނަލަވެނީ ރަށަކައް ކޭ ނަމަކުން ނުނާއު. މާޅޮސްމަޑުލެ ދެކުޱެ ބުރިޔެ އޮވެއި ނުންތައު ފުޅަދޫއައު ކޭ ރަށަކަސް. އޭ ކޮންމެހެން އެރައް ކުޱިފެޅަ ވެގެން ކޭ ނަމައް ނުނާއު.
-ނޯޓު: ލިޔުމާ ނަގަފެއިވެނީ ފޭސްބުކުގެ އައްޑޫބަސް ގުރޫޕުން