English Edition
Dhivehi Edition

މިއަދު ހަވީރު ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މިނިވަންކަޕް 2017 ގެ ތިން ވަނަ މެޗު މަރަދޫ އެފްސީ އިން ކާމިޔާބުކޮށްފިއެވެ. މަރަދޫ އެފްސީ އިން މި މެޗު ކާމިޔާބުކުރީ މަލްޓި ޖީނިއަސް ސިޓީ އާއި ބައްދަލުކޮށް 3 ލަނޑު 2 ލަނޑުންނެވެ. މެޗުގެ 3 ވަނަ މިނިޓްގައި މަލްޓި ޖިނިއާސް އިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެ ޓީމުގެ އާލިފު ފަހުމީ އެވެ. މެޗުގެ ލީޑާއެކު މަލްޓި ޖީނިއާސް ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ސަތާރަވަނަ މިނިޓްގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ މޮޅުކުޅުމެއް ފެނިގެން ދިޔަ އިރު މަރަދޫ އެފްސީ އިން ވަނީ މެޗުގެ ދެވަނަ ހާފްގައި ލަނޑެއް ކާމިޔަބުކޮށްފައެވެ. މަރަދޫ އެފްސީ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖެހިތާ އެއް މިނިޓްފަހުން އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަބްދުއްﷲ ވާޒިއު އާއި ހުސެއިން ވިފާގުއެވެ. ދެ ޓީމުންވެސް މެޗުގެ ނަތީޖާ ބަދަލުކޮށް ލީޑު ނެގުމަށްޓަކައި ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު މަރަދޫ އެފްސީ އަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މި މެޗުގައި މަރަދޫ އެފްސީއަށް ލީޑު ލިބިގެންދިޔައީ އިންޝަލް ޖެހި ބޯޅައެއް މަލްޓި ޖީނިއަސް ސިޓީގެ ގޯލަށް އަމާޒުވެ ބައިކޮޅަށް ވަން ލަނޑެކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރަދޫ އެފްސީގެ ހަސަން ވިފާގުއެވެ މި މުބަރާތުގައި މިރޭވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު 8:30 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ މަންތަރަ އެފްސީ އާއި ހުޅުދޫ ޔޫތު އެވެ. 9:30 ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކެނެރީފް އާއި ސައުތު ބުލޫސް އެވެ. މިނިވަންކަޕަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރަކީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު ޝަހިދު އެވެ. ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެ