English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުަކު އައްޔަންކުރައްވައިފިއެވެ. .

މިމަގާމަށް މިއަދު އައްޔަންކުރައްވާފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މއ. އެލަރްސީ، އަހްމަދު މަމްދޫހް (މަންޑޭ) އެވެ

މަމްދޫހު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ ނައިބަކަށް އައްޔަންކުރައްވާފައި މިވަނީ އެމްއާރްޑީސީ އުވާލުމަށް ސަރުކާރުން ނިންމާފައި ވަނިކޮށެވެ

މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވަނީ މަމްދޫހެވެ.