English Edition
Dhivehi Edition

އެސްޓީއޯ މާލޭ ލީގުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ކްލަބު ވެލެންސިއާ ބައްދަލު ކުރި މެޗު ފަހަތުން އަރައި ވިކްޓަރީއިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މިމެޗު ވިކްޓަރީއިން ކާމިޔާބުކުރީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވެލެންސިޔާއިންނެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާޖީއެވެ. އެހެން ނަމަވެސް ވިކްޓަރީން ވަނީ ދެވަނަ ހާފްގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސައިމަން ޓިބޯރް ސޯޑަސްއެވެ. އަދި ވިކްޓަރީން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕަނަލްޓީއަކުން ޕެޑްރޯ ހެންރީކޭއެވެ.

މިނަތީޖާ އާއި އެކު ހަ މެޗުން ނުވަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި ވިކްޓަރީ އޮތް އިރު، ފުލުގައި އޮތް ވެލެންސިއާއަށް ހަ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ނިއު ތާވަލުގެ އެއްވަނާގައި ފަސް މެޗުން 13 ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި އޮތް އީގަލްސް އާއި ތިންވަނާގައި އޮތް ޓީސީއަށް ހަ މެޗުން ލިބެނީ 10 ޕޮއިންޓާއެވެ.

މާލޭ ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ކަލްބު ގްރީން ސްޓްރީޓްސްއާއި ވެލެންސިއާ ބައްދަލުކުރާ އިރު، ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީއެވެ.