އެސްޓީއޯ މާލޭ ލީގުގައި އިއްޔެ ހަވީރު ކްލަބު ގްރީން ސްޓްރީޓްސް އާއި އެންމެ ފަހުގެ ލީގު ޗެމްޕިއަން ނިއުރެޑިއެންޓް ކުޅުނު ބޮޑު ތަފާތަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު މެޗު ކާމިޔާބުކޮށްފިއެވެ.
އިއްޔެ ކުޅުނު މިމެޗު މޮޅުވެ ލީގު ތާވަލުގެ އެއްވަނައަށް ނިއު ޖެހިލި އިރު މިމެޗު ނިއުއިން ކާމިޔާބުކޮށްފައިވަނީ 6-1 ލަނޑުންނެވެ.
ގްރީން ސްޓްރީޓް ބޮޑު ތަފާތަކުން ބަލިކޮށް ނިއު ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އީގަލްސް ހަ މެޗުން 10 ޕޮއިންޓާ އެކު އޮތް އިރު ހަމަ އެދަދަށް ޕޮއިންޓް ހޯދާއިގެން ތިންވަނާގައި އޮތީ ޓީސީއެވެ. މެޗުން ބަލިވި ގްރީން އޮތީ ތާވަލުގެ ހަތްވަނައިގައެވެ.
އިއްޔެމެޗުގެ ހަތްވަނަ މިނެޓުގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނިއުއަށް ލީޑުނަގާދީފައުވާއިރު ފުރަތަމަ ގޯލް ޖެހިތާ ފަސް މިނެޓް ފަހުން ނިއުއިން ވަނީ ގުއިލެމްގެ ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ނިއު ކުޅުނު ނަމަވެސް ގްރީންއިން ވަނީ ބިދޭސީ ފޯވަޑް ރޮލާންޑް ރަސަލްގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ގްރީންގެ ލަނޑަށް ފަހުވެސް މެޗުގައި ނިއުއިން މޮޅު ކުޅުމެއް ދައްކައި ފުރަތަމަ ހާފްގެ 33 ވަނަ މިނެޓުގައި ގުއިލެލްގެ ލަނޑުން ނިއު މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގިއެވެ.
ފުރަތަމަ ހާފާއި އެއްގޮތަށް ދެވަނަ ހާފުގައިވެސް މޮޅަށް ކުޅުނީ ނިއުއިން ނެވެ. މިގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ދަގަނޑޭ ކާމިޔާބުކުރި ލަނޑުން ނިއުއިން މެޗުގެ ފަރަގު ބޮޑުކުރިއެވެ. ނިއުގެ ފަސްވަނަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ސެންޓޭއެވެ. މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ނިއުގެ ހަވަނަ ގޯލް ޖަހައިދިނީ ހަމްޕުއެވެ.