އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވާދަކުރި މެޗުގައި މިސީޒަންގައި މާޅޮސްއިން ޓީސީ އާއި ގުޅުނު ފޯވާޑް އިޝާން އިބްރާޙިމް (ސައްޓު)ގެ ދެ ލަނޑުން ޓީސީ މެޗު ކާމިޔާބުކޮށްފިއެވެ.
މާލޭ ލީގުގެ ފުރަތަމަ ބުރުގައި މިއަދު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
މާޒިޔާމެޗުގައި ޓީސީގެ ދެ ގޯލްވެސް ޖަހައިދިނީ މިދިޔަ ސީޒަންގައި ޓީސީއިން މާޒިޔާ އާއި ގުޅުނު އެޓީމްގެ އެންމެ މުހިއްމު ކުޅުން ތެރިޔާ ނާއިޒް ހަސަން(ދާދު)ގެ ބަދަލުގައި ގެނައި އިޝާން އިބްރާހީމް (ސައްޓު) އެވެ.
މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ސައްޓު ވަނީ ޓީސީއަށް ލީޑު ނަގައިދީފައެވެ. ސައްޓު އެ ގޯލް ޖެހީ މާޒިޔާގެ ފަހަތަށް ކުޅެމުންދިޔަ ސަމޫހު އަލީ (ސަމުއްޓޭ)އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވ
މިއަދުގެ މެޗުގައި ސައްޓުގެ ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ ސިކުންތުގައި ކާމިޔާބުކޮށް ޓީސީން ލީޑު ނަގާފައިވާއިރު ޓީސީގެ ދެވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށް ސައްޓު ވަނީ ޓީސީގެ ލީޑު ފުޅާކޮށްދީފައެވެ.
މާޒިޔާގެ މެޗުން ހޯދި މޮޅޯއާއި އެކ 10 ޕޮއިންޓާއެކު ޓީސީ ވަނީ އެއްވަނައިގައި އޮތް މާޒިޔާއާއި ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ.