English Edition
Dhivehi Edition

ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެވޯޑަށް އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެއްޖެއެވެ.

މި އެވޯޑަށް އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެފައިވަނީ “ލީޑީން ބޮޓިކް ހޮޓެލް” އަދި “ލީޑިން އެއާޕޯޓު ހޮޓެލް” މި ދެ ކެޓަގަރީން ނެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް އެވޯޑު ހަފްލާއެއް ކާމިޔާބު ކަމާއެކު އެންމެ ފުރަތަމަ ހޮޓެލް އީކުއޭޓަރ ވިލެޖަކީ ވޭތުވެދިޔަ އަހަރު ސަޓާ އެވޯޑު ހަފްލާ ބޭއްވި ހޮޓަލެވެ. ގިނަ ބައެއްގެ ތައުރީފު ލިބިގެން ދިޔަ މި އިވެންޓަކީ އައްޑޫގެ ތާރީޚުގައި ވެސް މިފަދަ އިވެންޓެއް ބޭއްވުނު ފުރަތަމަ ފަހަރެވެ. ސަޓާ އިވެންޓަށް އީކުއޭޓަރ ވިލެޖަށް ޒިޔާރަތް ކުރި ބޭރުގެ މެޙްމާނުން އިވެންޓު ނިންމާލުމަށް ފަހު އައްޑޫން އެނބުރި ދިޔައީ އުފަލުންނެވެ. އަދި އަލުން އައްޑޫއަށް އެނބުރި އަންނާނެ ކަމަށް ބުނަމުންނެވެ.

ކައިމޫ ހޮޓެލްސް އިން އައްޑޫގައި ހިންގާ އީކުއޭޓަރ ވިލެޖް މިހާރު ވަނީ މީހުންގެ މެދުގައި މަގުބޫލު ތަނަކަށް ވެފައެވެ. އައްޑޫގައި ބާއްވާ ބޮޑެތި ހުރިހާ އިވެންޓެއްހެން ބޭއްވުމަށް ކޮންމެ މީހަކުވެސް ބޭނުންވާ ތަނަކަށް އީކުއޭޓަރ ވިލެޖް މިހާރު ވަނީ ވެފައެވެ. ކައިވެނި ޕާޓީތަކުން ފެށިގެން ސެމިނަރ ތަކާއި ވޯކްޝޮޕްތައް ވެސް އީކުއޭޓަރ ވިލެޖްގައި ބާއްވައެވެ.

ފުރިހަމަ މެނޭޖްމަންޓެއްގެ ދަށުން ކާމިޔާބު ކަމާއެކު ކުރިއަރަމުން އަންނަ މި ހޮޓެލަކީ މިހާރު އައްޑޫގެ އެންމެންގެ އެންމެ މަގުބޫލު އެއް ހޮޓަލެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އައްޑޫއަށް އަންނަ މެޙްމާނުންގެ މަންޒިލެވެ. ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ތަނަކަށް އީކުއޭޓަވިލެޖް ވަނީ ވެފައެވެ.

ސަޓާ އެވޯޑަށް އައްޑޫސިޓީން ނޮމިނޭޓުވެފައިވާ ހަމަ އެކަނި ތަނަކީ އީކުއޭޓަރ ވިލެޖެވެ. އެހެންކަމުން އީކުއޭޓަރ ވިލެޖު ނޮމިނޭޓު ވެފައިވާ ކެޓަގަރީން ވޯޓު ދިނުމަކީ އައްޑޫއަށް މިފަދަ ޝަރަފުވެރި އެވޯޑެއް ހޯދައި ދިނުމަށް އައްޑޫގެ ރައްޔިތުންނަށް ކުރެވޭނެ މަސައްކަތަކަށް ވެގެންދާނެއެވެ. ކުރަން ޖެހެނީ ކުޑަކުޑަ މަސައްތެކެވެ.

ވޯޓު ދިނުމަށްޓަކައި http://southasiantravelawards.com/vote/ މި ލިންކަށް ފިއްތާލާށެވެ. އަދި ލިންކު ހުޅުވާލުމުން ފެންނަ ކެޓަގަރީ ނަމްބަރ 2 “ލީޑިން ބޮޓިކް ހޮޓެލް” އަށް ގޮސް އީކުއޭޓަރ ވިލެޖްގެ ނަމަށް ކްލިކް ކޮށްލާށެވެ. ދެން ކެޓަގަރީ 29 ވަނަ ނަމްބަރުގައިވާ “ލީޑިން އެއާޕޯޓް ހޮޓެލް” އަށް ގޮސް އެތަނުންވެސް އީކުއޭޓަރ ވިލެޖުގެ ނަމަށް ކްލިކް ކޮށްލާށެވެ. އެއަށްފަހު ސްކްރީންގެ އެންމެ ތިރިއަށް ގޮސް އެތަނުގައި އަމިއްލަ ނަމާއި އީމެއިލް އަދި ގައުމުގެ ނަން ޖަހަން ހުރި ތަން ފުރިހަމަ ކުރުމަށް ފަހު ސަބްމިޓަށް ފިތާލުމުން އެ އޮތީ ވޯޓު ދެވިފައެވެ. ވޯޓު ދެވުނުކަން އަންގައި ދިނުމަށް ވޯޓު ދެއްވީތީ ޝުކުރިއްޔާ” ގެ މެސެޖް އަންނާނެއެވެ.