English Edition
Dhivehi Edition

ގައުމީ ޔުނިވާސިޓީން ރާއްޖޭގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ

ގައުމީ ޔުނިވާސިޓީން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ އެމްބީބީއެސް ކޯހަށް ވަނުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަންތައް މިމަހު 22 އިން އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ ކަމަށެވެ. މި ކޯހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އޯ ލެވެލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި ހިސާބުން ފާސްވެފައިވުން ހިމެނެއެވެ. އަދި އޯ ލެވެލް އިމްތިހާނުގައި އިނގިރޭސިން އެންމެ ދަށް ވެގެން “ސީ” ފާސް ނުވަތަ އައިއެލްޓީއެސްއިން 6.5 ހާސިލްކޮށްފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އޭލެވަލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީގެ އިތުރުން ހިސާބު ނުވަތަ ފިޒިކްސްއިން ފާސްވެފައިވުން ހިމެނެއެވެ. އަދި އެ ތިން މާއްދާގެ ތެރެއިން އެއް މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން ހިމެނެއެވެ

ރާއްޖޭގައި އެމްބީބީއެސްއަށް ކިޔަވައިދޭން ފަށާއިރު ކްލިނިކަލް މާއްދާތައް ކިޔަވައިދޭނީ ރާއްޖޭގެ ޑޮކްޓަރުންނެވެ. އަދި ބޭސިކް ސައިންސްގެ ތިން މާއްދާ ކިޔަވައިދޭނެ ބޭރުގެ ޓީޗަރުން މިހާރު ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ