English Edition
Dhivehi Edition

ދިވެހިރާއްޖެ ފުރިހަމަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ، އަދި ޤައުމުގެ ޘަޤާފީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމާއި ހުނަރު އުފައްދައި، ހޯދައި، ރައްކާތެރިކޮށް، ފެތުރުމަށް އެހީވެދިނުމުގެ ގޮތުން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީގެ ޑިޖިޓަލް ރިޕޮޒިޓަރީ ވަރަށް މުހިއްމު ރޯލެއް އަދާ ކުރެ އެވެ. ސަރުނަ މިބަހުގެ މަނައަކީ އަލިގަދަ، އުޖަލާ، އަނދިރީގެ ތެރެއިން އަލިފާއްދާ މިއެވެ.

ސަރުނައިގެ ބޭނުން އުނގެނުމަށާއި އުނގަންނައިދިނުމުގެ އިތުރުން ދިރާސާކުރުމަށް ދިވެހިބަހުންނާއި އިނގިރޭސި ބަހުން އެއްތާކުން ރާއްޖެއާއިބެހޭ ގިނަ ލިޔުން ތައް ހިލޭ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް ބަލައިލުމުގެ ފުރުޞަތު ސަރުނައިން ލިބެއެވެ. ސުކޫލްތަކާއި ކޮލެޖް ޔުނިވަރސިޓާތަކުގެ ދަރިވަރުނާއި މުދައްރިސުން، ލެކްޗަރާއިންގެ އިތުން ލިޔުންތެރިން އަދި ނޫސްވެރިންނަށްވެސް މި ޑޭޓާބެސް މެދުވެރިކޮށް ފައިދާ ކުރެއެވެ.

ސަރުނައިގެ މައިގަނޑު ޖަމާތައް ބަހާލެވިފައިވަނި 6 ބަޔަކަށެވެ. އެއީ…
1- ޢިލްމީ އީފޮތުގެ ޖަމާ
2- ޢިލްމީ ލިޔުންތަކުގެ ޖަމާ
3- މަންޒަރު ޖަމާ
4-ދިވެހި ބަހާ ބެހޭ ލިޔުންތަކުގެ ޖަމާ
މިބައިގައި ހިމެނޭނީ ތަޤުރީރުތަކާއި ޅެންވެރިކަން، ތަމްސީލާއި ވަހަކައިގެ އިތުރުން މަޒުމޫނެވެ.
5- ތީސީސް އަދި ޑެޒަޓޭޝަން
މިބައިގައި ހިމެނެނީ އެމްއެންޔޫ ގެ ދަސްވެނިންނާއި އެހެނިހެން ދަސްވެނިންގެ އިތުރުން ބިދޭސިން ރާއްޖެ އާއި ގުޅޭ ގޮތޮން ލިޔެފައިވާ ލިޔުންތަކެވެ.
6- ސިލްސިލާ މަޖައްލާ
މީގެ ތެރޭގައި ދިވެހި ފަންނީ މަސައްކަތްތެރިކަން، ބިނާވެށި، ތައުލީމް، ސައިންސް، ދީން، ބަސް، ސިޔާސީ އިލްމް، އިޖްތިމާއީ ކަންކަމާއި ޚިދުމަތްތައް، މަސްވެރިކަން، ފަތުރުވެރިކަން، ޝަރީއަތާއި ގާނޫނު، ދަތުރުފަތުރާއި މުވާސަލާތް، ގުދުރަތީ ރީތިކަން، ސިއްހަތާއި ބޭސްވެރިކަން، ދަނޑުވެރިކަން، ދިވެހި ތާރީޚް، އާދަކާދަ އަދި ވިޔަފާރިއާއި އިގްތިސާދު ހިމެނޭކަމަށްވެއެވެ.
ތިރީގައި އެވަނީ ސަރުނަ ޑޭޓާބޭސްގެ ލިންކެވެ.
http://saruna.mnu.edu.mv/jspui

ޑޭޓާ ސެޓްސް ސަރުނައިގައި ހިމެނޭ މިންވަރަކަށް އެހެނިހެން މުއައްސަސާތަކުގެ އެއްބާރުލުން ލިބޭވަރަކުން ލިޔުން، ރިޕޯޓް، ފޮތްފަދަތަކެތި ދަނީ ލަމުންނެވެ. އަދި މަޢުލުމާތުގެ ކުރެޑިޓް ލިބެނީ އެބޭފުޅަކަށް ނުވަތަ އެ އޮފިހަކަށް އެ އެޖެންސީއަށް ށެވެ. ސައިޓޭޝަންގައި ހިމެނޭނީ އެލިޔުމެއްގެ ވެރިފަރާތުގެ އެންނޮލެޖްމެންޓެވެ. ޤައުމީ ޔުނިވަރސިޓީން ކުރާކަމަކީ މަޢުލުމާތު ފެތުރުމަށް ޕުލެޓުފޯމެއް ނުވަތަ ޑޭޓާބެސްއެއް ގައިމްކޮށްދިނުން ކަމުގައި ލައިބްރަރީން މަޢުލޫމަތުދެއެވެ.

ޑޭޓާބޭސް އިފްތިތާހު ކުރެއްވީ 1500 ލިޔުމާއެކުގައެވެ. އެ އަދަދު މިހާރު ވަނީ 3896 އަށް އަރާފައެވެ. ސަރުނައިގެ ބޭނުން އުނގެނުމަށާއި އުނގަންނައިދިނުމުގެ އިތުރުން ދިރާސާކުރާ ފަރަތްތަކާއި ނޫސްވެރިނަށް މުހިންމު ބޭނުންތެރި މަޢުލުމަތަކަށް ވާނޭކަމަށް އުންމީދުކުރަމެވެ.