English Edition
Dhivehi Edition

އައްޑޫ ސިޓީގެ ސިއްހީ ނިޒާމް ފުޅާ ކުރުމަށްޓަކާ ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއްގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެ ހޮސްޕިޓަލަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ކުރިޔަށްދާ ގޮތް މިނިސްޓަރ ބައްލަވާލެއްވިއެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް މުއައްޒަފުންނާ ބައްދަލުކުރައްވަވައި ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތަކާ ހޮސްޕިޓަލް އިތުރަށް ތައްރަޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި މަރަދޫ ސިއްހީ މަރުކަޒާއި އެއިމްސް ކްލިނިކާއި އައި.އެމް.ޑީ.ސީ ހޮސްޕިޓަލާއި ފޭދޫ އަދި ހުޅުމީދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވާނެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ “ވޫންޑް ކެޔަރ މެނޭޖްމަންޓް ޓްރެއިނިންގ” ފެށުމުގެ ރަސްމިޔާތުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތައް ހަމަޖެހިފައެވެ.